“މޯލްޑިވްސް މެރިން އެކްސްޕޯ 2021" ގެ މެއިން ސްޕޮންސަރަކަށް އެމްޓީސީސީ ހަމަޖައްސައި މިއަދު ސޮއިކޮށްފިއެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މޯލްޑިވްސް މެރިން އެކްސްޕޯގެ ފަރާތުން ސޮއިކުރެއްވީ އިވެންޓް މެނޭޖަރު ޝާމް މުހައްމަދު އެވެ.
މެރިން އެކްސްޕޯއަކީ 2014 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ބޯޓިންގް އެސޯސިއޭޝަންއިން މެރިން ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ އެކްސްޕޯއެކެވެ. މި އެކްސްޕޯގައި އެމްޓީސީސީން ބައިވެރިވަމުން އަންނަނީ އެ ކުންފުނިން ވިއްކާ މެރިން ދާއިރާއާއި ގުޅުންހުރި މުދަލާއި ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު ދާއިރާގެ ގިނަ ބައިވެރިންނަށް ހިއްސާކޮށް، ދާއިރާއިންހޯދާފައިވާ އިތުބާރު ދެމެހެއްޓުމުގެ ބޭނުމުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.
"މޯލްޑިވްސް މެރިން އެކްސްޕޯ 2021" ގެ މެއިން ސްޕޮންސަރ އެއްބަސްވުމުގައި އެމްޓީސީސީން މިއަދު ސޮއިކޮށްފި
ޕްރެސް ރިލީޒް: https://t.co/7Gua30KnlT pic.twitter.com/t1ymyiMtnR
— MTCC Plc (@MTCCPlc) November 28, 2021
މެރިން އެކްސްޕޯގައި އެމްޓީސީސީން މިއަހަރު އެގްޒިބިޓް ކުރަން ނިންމާފައިވާ ޕްރޮޑަކްތަކަކީ ޔަންމާ އިންބޯޑް އިންޖީނާއި ސުޒުކީ އައުޓް ބޯޑް އިންޖީނާއި ކާސްޓްރޯލް އަޑީތެލާއި ޕީޕީޖީ ޕްރޮޓެކްޓިވް މެރިން ކޯޓިން އާއި، މެރިން ކޯޓިން އެވެ.
މީގެ އިތުރުން އެމްޓީސީސީގެ ބޯޓު ޔާޑުން ދޭ ޑޮކިން، އިންޖިނޭރިން، ވެލްޑިން، މެޓަލް ފެބްރިކޭޝަން، ފައިބަރ އަދި ވަޑާމުގެ ހިދުމަތްތަކުގެ މައުލޫމާތުވެސް މި އެކްސްޕޯއިން ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!