މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އެހީއާއެކު ކުޅުދުއްފުށި ސިޓީ އޮޑި އެހެލާ ސަރަހައްދުގެ ދެކުނު އެއްގަމު ތޮށި މަރާމާތުކޮށް ތަރުތީބު ކުރުމުގެ މަސައްކަތް އެ ސިޓީ ކައުންސިލް އިން ފަށައިފިއެވެ.
ސިޓީ ކައުންސިލުން ވަނީ މި މަސައްކަތް ކުރިއަށްދާ ވަގުތު އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ގޮތުން އިތުރަށް ސަމާލުވާން އެދިފައެވެ.
ކުޅުދުއްފުށި ސިޓީގެ އޮޑިއެހެލާ ސަރަހައްދުގެ ދެކުނު އެއްގަމު ތޮށި މަރާމާތުކޮށް ތަރުތީބު ކުރުމުގެ މަސައްކަތް ކުޅުދުއްފުށި ސިޓީ ކައުންސިލްއިން އެމް.ޓީ.ސީ.ސީގެ އެހީތެރިކަމާއިއެކު ދަނީ ކުރެވެމުން.
1/2 pic.twitter.com/slKvn1dVNx— Kulhudhuffushi City Council (@kfcitycouncil) November 29, 2021
މީގެ އިތުރުން މި މަސައްކަތުގައި އެމްޓީސީސީގެ ފަރާތުން ލިބޭ އެހީތެރިކަމަށް ކުންފުނީގެ ވެރިންނަށާއި މުވައްޒަފުންނަށް ސިޓީ ކައުންސިލުން ވަނީ ޝުކުރު އަދާ ކޮށްފައެވެ.
އެމްޓީސީސީން އަންނަނީ އެކި ރަށްރަށުގައި ހިންގާ މިފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!