ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މިހާރު ކުރިއަށްދަނީ ގިރާ ސަރަހައްދު ހިމާޔަތް ކުރަން ބޭނުންވާ ވެލި ނެގުމަށްޓަކައި ކޮނުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 21,181.80 ކިއުބިކް މީޓަރުގެ ވެލި ގިރާ ސަރަހައްދަށް އަޅާނެއެވެ.
އަދި ރިވެޓްމެންޓް ޖެހުމާއި، ބޭރުތޮށި ލުމުގެ މަސައްކަތް ވެސް ކުރާނެއެވެ.
ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ގިރާ ސަރަޙައްދު ހިމާޔަތް ކުރުމަށް ބޭނުންވާ ވެލި ނެގުމަށްޓަކައި ކޮނުމުގެ މަސައްކަތް ފަށައިފި.#MTCCProjects #RayyithungeKunfuni pic.twitter.com/rVU8YIjTHl
— MTCC Plc (@MTCCPlc) November 30, 2021
މިއީ 28.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!