މަހުގެ އުފެއްދުންތައް ތައްޔާރު ކުރަން މިފްކޯއިން ފަންނީ އެހީތެރިކަން ދެނީ
މަހުގެ ބާވަތްތައް ތައްޔާރު ކުރަން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިފްކޯ އާއި ދިވެހި މަސްވެރިންގެ ޖަމިއްޔާ އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން، މަހުން އެކި ބާވަތްތަކުގެ އުފެއްދުންތައް ތައްޔާރުކުރަން ދަސްކޮށްދިނުމަށް ދިވެހި މަސްވެރިން ޖަމިއްޔާ އިން ގއ. ގެމަނަފުށީގައި ކުރިއަށް ގެންދާ ތަމްރީނުތަކުގައި ފަންނީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އެގޮތުން މިހާރު ވެސް ގޭގޭގައި އުފައްދައި، ވިއްކަމުންދާ އެކި ބާވަތްތަކުގެ ކާނާ ބަންދުކޮށް، ގިނަ ދުވަހު ގެންގުޅުމަ...