ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ކޮންމެ އަހަރަކު އެ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން އެންމެ ހިދުމަތްތެރި މުވައްޒަފުންނަށް ދޭ ދްޓާފް އެވޯޑު 87 މުވައްޒަފަލު ކާމިޔާބު ކޮށްފިއެވެ.
ރޭ ބޭއްވި ހަފްލާގައި މި އެވޯޑުތައް ހަވާލު ކޮށްދެއްވީ ހަފުލާގެ ޝަރަފުވެރި މެހުމާން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމް އާއި ބޯޑު ޑިރެކްޓަރުންނާއި މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުގެ އިތުރުން، ސީނިއާ މެނޭޖުމަންޓް ޓީމުގެ މެންބަރުންނެވެ.
ފާއިތުވި ދެ އަހަރު ދުވަސް، (2019 އަދި 2020) ވަނަ އަހަރު ތަފާތު 9 ކެޓަގަރީއަކުން އެވޯޑު ވަނީ ދީފައެވެ. މީގެ ތެރޭގައި ދިގު މުއްދަތެއްގައި ކުންފުންޏަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންނަށާއި، އެ ދެ އަހަރު އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ ކެޓަގަރީތައް ހިމެނެއެވެ.

މި ހަފްލާގައި ކުންފުނީގެ ކާމިޔާބީގެ ހުރިހާ ޝުކުރެއް ހައްގު ވަނީ މުވައްޒަފުންނަށް ކަން ފާހަގަކޮށް ޝާހް ވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ތައުރީފު ކޮށްފައެވެ. އެގޮތުން، ފެނުގެ ހިދުމަތަކީ އެންމެ ޒަރޫރީ އެއް ހިދުމަތް ކަމަށްވާއިރު ކޮވިޑް-19 ފަދަ ހާލަތެއްގައިވެސް އެމްޑަބްލިއުއެސްސީގެ މުވައްޒަފުން މެދުކެނޑުމެއްނެތި ހިދުމަތް ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝާހް ވިދާޅުވީ އެމްޑަބްލިއުއެސްސީގެ ޝިއާރު، “އެކުވެރި އެމްޑަބްލިއުއެސްސީ” މުވައްޒަފުންގެ ސަބަބުން ކާމިޔާބުވެފައިވާ ކަމަށެވެ.
Winners of the Deputy Managing Director's Award 2019 and 2020#MWSCStaffAwards pic.twitter.com/kJSDmV8BDU
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) December 21, 2021
މީގެ އިތުރުން މުވައްޒަފުންނަކީ ކުންފުނީގެ ރައޫސުލްމާލު ކަމަށްވާއިރު މުވައްޒަފުންގެ ކުރިއެރުމަށް އަބަދުވެސް އިސްކަން ދެއްވާނެ ކަމަށާއި ފާއިތުވި ދެ އަހަރު މުވައްޒަފުންގެ ކުރިއެރުމާއި ލާބައާއި މަންފާއަށް ޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް ޝާހް ވިދާޅުވިއެވެ. އަދި އެކި ދާއިރާތަކުން މުވައްޒަފުން ބިނާ ކުރުމަށް ޓަކައި ކުރުމުއްދަތުގެ ތަމްރީން ޕްރޮގްރާމްތަކާއި ދިގުމުއްދަތުގެ ސްކޮލަރޝިޕް ޕްރޮގްރާމްތަކުގެ ފުރުސަތުތައް ފަހިކޮށްދީ، މުވައްޒަފުންގެ ދުޅަހެޔޮކަމާއި، ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަށަގެންނެވުމަށް މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް ވެސް ޝާހު ވިދާޅުވިއެވެ. އެމްޑަބްލިއުއެސްސީ އަކީ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ފެނާއި ނަރުދަމާގެ ހިދުމަތްތައް ފޯރުކޮށްދޭ ޔުޓިލިޓީ ކުންފުންޏެކެވެ. ރާއްޖޭގެ ނިސްބަތުން ފުޅާ ދާއިރާއެއްގައި އިންޖީނިއަރިން، މެނުފެކްޗަރިން އަދި ޓްރޭޑިން ދާއިރާގެ ކަންކަން ވެސް އެ ކުންފުނީން މިއަދު އަންނަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!