މަރާމާތުކުރުމުގެ މަސައްކަތެއް ކުރިއަށްދާތީ މާލޭގެ ބައެއް ސަރަހައްދުތަކަށް ފެނުގެ ޕްރެޝަރު ދަށްވެދާނެ ކަމަށް ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ބުނެފިއެވެ.
އެ ކުންފުނިން ބުނީ މަސައްލަކަތް ކުރަނީ މާލޭގެ މެއިން ޑިސްޓްރިބިއުޝަން ނެޓްވޯކުގެ ކަމަށެވެ.
އެހެންވެ، ބައެއް ސަރަހައްދުތަކުގެ ގެތަކަށް ފެނުގެ ޕްރެޝަރު ދަށްވެދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މި މަސައްކަތް ވީހާވެސް އަވަހަށް ނިންމައި ހިދުމަތް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.
އެ ކުންފުނިން ވަނީ ޕްރެޝަރު ދަށްވާ ވަގުތު ކަސްޓަމަރުންނަަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!