ސްޓޭޓް ޓްރޭޑިން އޯނައިޒޭޝަން (އެސްޓީއޯ) އިން ބާއްވާ ކުޑަކުދިންގެ ހަވީރު ފެށިގެން ކުރިއަށް އެބަދެއެވެ.

މި ހަރަކާތް ފެށުނީ މިއަދު ހަވީރު 4:00 ގައި އާޓިފިޝަލް ބީޗުގައެވެ.

Ad
rt

މި ކުޑަކުދިންގެ ހަވީރުގައި ކުޑަކުދިންނަށް ކަމުދާ ގިނަ ހަރަކާތްތައް ކުރިއަށްދާނެއެވެ. މީގެ ތެރޭގައި ސްނޭކް އެންޑް ލެޑާ އާއި ޕެނަލްޓީ ޝޫޓް އައުޓް އާއި ފޭސްޕެއިންޓް ފަދަ މަޖާ ހަރަކާތްތައް ހިމެނެއެވެ.

މީގެ އިތުރުން ކުޑަކުދިންގެ މެދުގައި މަގުބޫލު ރޮބޯ މޭންގެ ހަރަކާތްތައް ވެސް މި ހަވީރުގައި ކުރިއަށްދާނެއެވެ. އަދި ފުޑް ސްޓޯލްތައްވެސް ހުންނާނެއެވެ.

މި ހަވީރުގައި ކުޑަކުދިންނަށް ގޭމް ކުޅެގެން ހަދިޔާ ހޯދުމުގެ ފުރުސަތުވެސް ލިބޭނެއެވެ.