މަކުނުދޫ އާއި ބިލެތްފަހި ހިމެނޭހެން ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓު އަޅާނެ ބަޔަކު ހޯދަނީ

ފޮޓޯ: ވާސިފް/މަކުނުދޫ
ފޮޓޯ: ވާސިފް/މަކުނުދޫ

ހދ. މަކުނުދޫ އާއި ށ. ބިލެއްފަހި ހިމެނޭހެން ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓު އަޅާނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން ގެޒެޓު ކޮށްފައިވާ އިއުލާނެއްގައި ބުނީ ކްރޮސް-ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދުގެ ދަށުން ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްގީކުރުމަށް ނުވަތަ ތަރައްގީ ކުރުމަށް ފައިނޭންސް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އާންމުކޮށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެއާޕޯޓް އަޅާ ރަށްތަކާއި ހިނގާ ހަރަދުތައް

* ހދ. މަކުނުދޫ - 23.3 މިލިއަން ޑޮލަރު (359.2 މިލިއަން ރުފިޔާ )
* ށ. ބިލަތްފަހި - 23.6 މިލިއަން ޑޮލަރު (363.9 މިލިއަން ރުފިޔާ)
* ބ. ތުޅާދޫ - 21.9 މިލިއަން ޑޮލަރު (337.7 މިލިއަން ރުފިޔާ)
* ތ. ވިލުފުށި - 33.3 މިލިއަން ޑޮލަރު (513.4 މިލިއަން ރުފިޔާ)
* ފ. މަގޫދޫ - 8.2 މިލިއަން ޑޮލަރު (126.4 މިލިއަން ރުފިޔާ

މި ފަދް ރަށުގެ އިތުރުން ރ. އަތޮޅު ދެކުނު ބިތުގެ ރަށެއްގައި ވެސް އެއާޕޯޓު އަޅަން ވަނީ އިއުލާން ކޮށްފައެވެ. މި ރަށުގެ ނަން އަދި ހާމަ ކޮށްފައި ނުވާއިރު މި އެއާޕޯޓަށް 23.6 މިލިއަން ޑޮލަރު (363.9 މިލިއަން ރުފިޔާ) ހަރަދު ވާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.

ޕްލޭނިން މިނިސްޓްރީގެ އިއުލާންގައިވާ ގޮތުން ކޮންމެ އެއާޕޯޓަކީ ވެސް ވަކި މަޝްރޫއަކަށް ވާތީ ޝައުގުވެރިކަން ފާޅުކުރާއިރު ތަރައްގީކުރަނީ ނުވަތަ ފައިނޭންސް ކުރަނީ ކޮން އެއާޕޯޓު މަޝްރޫއަކަށް ކަން ބަޔާންކުރަން ޖެހޭނެއެވެ. އަދި ޝައުގުވެރިކަން ފާޅުކުރަނީ ހަމައެކަނި ފައިނޭންސް ކުރާނަމަ އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދަކީ ފަސް މިލިއަން ޑޮލަރު ކަމަށް ވަނީ ކަނޑައަޅައިފައެވެ.

އެއާޕޯޓް ތަރައްގީކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓުގެ އަދަދު، އެ މަޝްރޫއެއްގެ މުގާބިލުގައި، ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކުއިޒިޝަން ކޮސްޓާއި، އެ ތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދާ އަޅައިކަނޑައި ދެވޭނެ ކަމަށްވެސް އިއުލާނުގައި ވަނީ ބުނެފައެވެ.

މި މޮޑެލްގެ ދަށުން ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު ކަމަށްވާ، އަންސޮލިސިޓަޑް ޕްރޮޕޯޒަލްސް ޕޮލިސީގެ ދަށުން، ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅަންޖެހެނީ އިކޮނޮމިކް މިނިސްޓްރީ އަށެވެ. އެގޮތުން މިނިސްޓްރީގެ މެއިލް proposals@trade.gov.mv އަށްވެސް ޕްރޮޕޯސަލް ހުށަހެޅޭނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި