ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ކުލަ އާއި ލޯގީ ބަދަލުކޮށް ކުންފުނި ރީބްރޭންޑް ކޮށްފިއެވެ.
އެ ކުންފުނި ރީވްރޭބްޑް ކޮށްފައި މިވަނީ 21 އަހަރަށް ފަހު މިދިޔަ ހޮނިހިރު ދުވަހުއެވެ. އެސްޓީއޯގެ ސަބްސިޑިއާރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެފްއެސްއެމް ރީބްރޭންޑްކުރީ ކްރޮސްރޯޑްސްގައި ބޭއްވި ހަފުލާއެއްގައެވެ.
މި ގެނައި ބަދަލާއެކު މިހާރު އެ ކުންފުނީގެ ކޯޕަރޭޓް ކުލަ އަކީ އޮރެންޖާއި ގަދަ ނުލެވެ. އޮރެންޖު ކުލައިން ހަކަތަ ރަމްޒުކޮށް ދޭއިރު، ނޫކުލައިން ރަމްޒުކޮށް ދެނީ ރާއްޖޭގެ ވަށައިގެން އޮތް ބިޔަ ނޫ ކަނޑު ކަމަށް އެފްއެސްއެމް އިން ބުންޏެވެ. އެ ކުންފުނީގެ މިހާރުގެ ސްލޯގަންއަކީ "ދީބަށް ހަކަތަ"އެވެ.
ރީބްރޭންޑިން ޖަލްސާފައި އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރި މުހައްމަދު ގަސަމް ވިދާޅުވީ ބަދަލު ގެނައުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރު ކަމަށެވެ. މި ބަދަލު ގެނައީ މިހާރު ހުރި ލޯގޯ އާއި ކުލަތައް މި ޒަމާނަށް އެންމެ ނުފިތޭތީ ކަމަށާއި އާ ލޯގޯއިން ކުންފުނީގެ މަސައްކަތް ފުރިހަމައަށް ރަމްޒުކޮށް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެފްއެސްއެމް ރީބްރޭންޑްކުރުމާއެކު އެ ކުންފުނީގެ ޔުނިފޯމާއި ދިދަ ވެސް ވަނީ ބަދަލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!