މާދަމާ އެސްޓީއޯގެ އަހަރީ ސޭލް ބާއްވަން ނިންމައިފިއެވެ.
އެންމެ ދުވަހަކު ކުރިއަށްގެންދާ މި ސޭލް އޮންނާނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި އެސްޓީއޯ ސުޕަމާޓު އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައެވެ. މިއީ އެސްޓީއޯގެ 57 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބާއްވާ ސޭލެކެވެ.
މި ސޭލްގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ އޭސީ ފިޔަވައި އެހެން ހުރިހާ ސާމާނަކުން 15 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. އަދި ސުޕަމާޓުން ފަސް އިންސައްތަ ލިބޭއިރު ރީޖަނަލް ފިހާރަތަކުގެ ހޯމް އިމްޕްރޫވްމަންޓުގެ މުދަލުން 10 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.

މާދަމާ ވިޔަފާރި ކުރާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 20،000ރ. ގެ ގިފްޓް ވައުޗާއެއްވެސް ލިބޭނެއެވެ. އަދި ހޯމް އިމްޕްރޫވްމަންޓުގެ ކޮންމެ 57ވަނަ ކަސްޓަމަރަކަށް 32 އިންޗީގެ ޓީވީއެއް ލިބޭނެއެވެ.
މީގެ އިތުރުން އެސްޓީއޯ ސުޕަމާޓުން ވިޔަފާރި ކުރާ ކޮންމެ 57 ވަނަ ކަސްޓަނަރަކަށް ގަންނަ ހުރިހާ އެއްޗެއް ހިލޭ ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!