ސްޓެލްކޯގެ ކުރީގެ ޗެއާމަން މުހައްމަދު ރަޝީދުގެ ތައުޒިޔާ ދަފްތަރު ރައީސް ހުޅުއްވައިދެއްވައިފި
ސްޓެލްކޯގެ ކުރީގެ ޗެއާމަން އަލްމަރުހޫމް މުހައްމަދު ރަޝީދުގެ ތައުޒިޔާގެ ދަފްތަރު ރައީސް ސޯލިހު ހުޅުއްވައިދެއްވައިފިއެވެ. މި ތައުޒިޔާގެ ދަފްތަރު ރައީސް ހުޅުއްވައިދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ސްޓެލްކޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ރައީސް ލިޔުއްވި ބަޔާނުގައި ވަނީ މުހައްމަދު ރަޝީދަކީ ރާއްޖޭގެ ހަކަތައިގެ ސިނާއަތު ކުރިއަރުވައި ތަރައްގީކުރެއްވުމުގައި ދިގު މުއްދަތެއްގައި އިހްލާސްތެރި އަގުހުރި މަސައްކަތްތަކެއް ކުރެއްވި އަދި މާލޭގެ ކަރަންޓުގެ ހިދުމަތް ފުޅާކޮށް ޒަމާނީ ކުރުމުގައި މުހިންމު ދ...