ށ. ފޯކައިދޫގައި ސަރުކާރުން އިމާރަތް ކުރި އާ އިންޖީނުގެ މިރޭ ހުޅުވައިފިއެވެ.
ފޯކައިދޫގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެެއްވައި އިންޖީނުގެ ހުޅުއްވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ. މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ސައީދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތު ފެއްޓެވުމުގެ ގޮތުން ރައީސް ވަނީ އެ ރަށުގެ ކުރީގެ އިންޖީނުގެ ނިއްވާލާފައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފެނަކައިން މިހާތަނަށް 39 ރަށެއްގެ އާ އިންޖީނުގެ ބަހައްޓާ ނިންމާފައިވާ ކަމަށެވެ. އަދި އިތުރު 31 ރަށެއްގައި އާ އިންޖީނުގެ އެޅުމުގެ މަސައްކަތް ފެނަކައިން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ށ. ފޯކައިދޫގެ 26 އަހަރުވީ އިންޖީނުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު ނިއްވާލައްވައިފި. (1/2) pic.twitter.com/kwfSBbCaix
— Fenaka Corporation Ltd (@TeamFenaka) February 3, 2022
ފޯކައިދޫގައި އަލަށް ގާއިމްކުރި އިންޖީނުގެއަކީ 1.5 މެގަވޮޓުގެ އިންޖީނުގެއެކެވެ. އަދި ޑިސްޓްރިބިއުޝަން ނެޓްވޯކް އާކުރުމަށްޓަކައި ޖުމްލަ 3،000 މީޓަރުގެ ކޭބަލް ވަޅުލައި، 4 ޓްރާންސްފޯމަރު ބަހައްޓައި، ހައިވޮލްޓޭޖް ވިއުގައަކަށް ވަނީ ބަދަލުކުރެވިފައެވެ
ރައީސް ވިދާޅުވީ، އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށްވާއިރު ފެނަކައިން ކުރަމުން އަންނަނީ އެ ވައުދު ފުއްދުމުގެ މަަސައްކަތްކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!