މިދިޔަ އަހަރުގެ ހިއްސާގެ ފައިސާގެ ގޮތުގައި ހިއްސާއަކަށް 2.70ރ. ބަހަން އުރީދޫ މޯލްޑިވްސްގެ ބޯޑުން ނިންމައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ކުންފުނީގެ މިއަހަރުގެ ފުރަތަމަ ބޯޑު ބައްދަލުވުމުގައި މިގޮތަށް ނިންމީ އަަހަރީ އާއްމު ޖަލްސާއަށް ހުށަހެޅުމަށެވެ. މި އަދަދު ފާސްކުރާނީ އެ ޖަލްސާގައި ހިއްސާދާރުންގެ ވޯޓުންނެވެ.

Ad
rt

އުރީދޫގެ ހިއްސާގެ ފައިދާ ބަހާނީ މި މަހުގެ 17 ވަނަ ދުވަހުގެ ކުރިން ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ މީހުންނަށެވެ.

އަހަރީ އާއްމު ޖަލްސާ އޮންނާނީ އަންނަ މަހުއެވެ.

އުރީދޫން ބުނީ މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން އެދެވޭނީ މި މަހުގެ 17 ގެ ކުރިން އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ކަމަށެވެ. އަމިއްލަ އަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ވެސް މި ޖަލްސާގައި ބައިވެރިވެވޭނެއެވެ.

އުރީދޫގެ ބޯޑު ބައްދަލުވުމުގައި ހިއްސާގެ ފައިދާގެ ގޮތުގައި ބަހާނެ އަދަދުގެ އިތުރުން ކުންފުނީގެ އަހަރީ ރިޕޯޓުތައް ވެސް ވަނީ ފާސްކޮށްފަ އެވެ. މި ރިޕޯޓުތައް މި މަހުގެ އަށް ވަނަ ދުވަހުގެ ކުރިން އާއްމު ކުރާނެ ކަމަށް އެެ ކުންފުނިން ބުންޏެވެ.