އދ. ހަންޏާމީދޫ ލޯ-ވޯލްޓޭޖް ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މަސައްކަތް ކުރިޔަށް ދާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މި ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މި މަސައްކަތް މި މަހުގެ ނިޔަލަށް ނިންމާލަން ހަމަޖެހިފައިވާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

Ad
rt

މި މަސައްކަތުގެ ދަށުން 2950 މީޓަރުގެ ކޭބަލް ވަޅުލާނެއެވެ.

ސްޓެލްކޯއިން ދާދިފަހުންވަނީ ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯއިން އެސެމްބަލްކޮށްފައިވާ ފުރަތަމަ ޖަނަރޭޓަރުސެޓް ހަންޏާމީދުއަށް ގެންގޮސްފައެވެ. މިއީ 300 ކިލޯވޮޓުގެ STW300 މޮޑެލްގެ ޖަނަރޭޓަރު ސެޓެކެވެ.