އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ މަހު ބާއްވަން ތާވަލު ކޮށްފިއެވެ.
އުރީދޫ އިން ބުނީ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން އެދެވޭނީ މިމަހުގެ 17 ގެ ކުރިން އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ކަމަށެވެ.
މިދިޔަ އަހަރުގެ ކުންފުނީގެ ފައިދާއިން ހިއްސާދާރުންނަށް ބަހާ ޑިވިޑެންޑް ލިބޭނީ ވެސް މި މުއްދަތުގައި ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ މީހުންނަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންނަށް އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިވެރިކޮށް ވެސް ވެސް ޖަލްސާގައި ބައިވެރިވެވޭނެއެވެ. ޕްރޮކްސީއަކީ ހިއްސާދާރުގެ ބަދަލުގައި ފޮނުވާ މީހެކެވެ.
މި މަހުގެ 20 ކުރިން އޭޖީއެމްގެ ނޯޓިސް އާއި އެޖެންޑާ އާންމު ކުރާނެ ކަމަށް އުރީދޫ އިން ބުންޏެވެ. މި ނޯޓިސްއާ އެކު އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހް، ގަޑި، ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މައުލޫމާތުތައް ވެސް އެ ކުންފުނިން އާންމުކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!