ވިޔަފާރީގެ އެކި ކަންކަމުގައި އިންޑިއާގެ ރައްޔިތުންނަށް ވިސާ ނެތި ރާއްޖެއަށް އާދެވޭ ގޮތް ހަދައިފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ވިޔަފާރީގެ ބޭނުމަށް އަންނަ އިންޑިއާ ރައްޔިތުންނަށް 90 ދުވަހުގެ މުއްދަތަށް ވިސާއާ ނުލައި ރާއްޖެ ތިބެވޭނެ ކަމަށެވެ.

Ad
rt

މިއީ ވިސާއާ ގުޅޭގޮތުން ދެ ގައުމުން ކުރީން އެކުލަވާލާފައިވާ އެއްބަސްވުމުގެ ދަށުން ނިންމި ނިންމުމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޑިސެންބަރު 17، 2018 ގައި ވެފަައިވާ އެ އެއްބަސްވުމާއި އެއްގޮތަށް އަމަލު ކުރަން ފަށާފައިވަނީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. މި ނިންމުމާއެކު އިންޑިއާގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި 90 ދުވަހު ވިސާއާ ނުލައި ތިބެވޭއިރު އެ މުއްދަތު އިތުރު ކުރަންވެސް ހުށައެޅޭނެއެވެ.

މީގެ އިތުރުން އެ ގައުމުގެ ރައްޔިތުންނަށް 180 ދުވަހުގެ މުއްދަތަށް ބިޒްނަސް ވިސާ ދިނުމަށްވެސް ވަނީ ނިންމާފައެވެ.