މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ކުރިއަށް ގެންދާ ޔޮޓް ރެލީ، “ސަވާދީއްތަ ދަތުރު” މިއަދު ހއ. ހޯރަފުށިން ފަށައިފިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ކުރިއަށްގެންދާ މި ހަރަކާތް ފެށުމަށް ހޯރަފުށީގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ދިވެހި ސަގާފީ ހުށަހެޅުންތަކުން ބައިވެރިންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.
މި ދަތުރުގައި 12 ޔޮޓެއް ބައިވެރިވާއިރު މީގެ ތެރޭގައި، އެމެރިކާ، އޮސްޓްރޭލިއާ، އަޔަލެންޑް، ތައިލެންޑް، ޔޫއޭއީ އަދި އިންޑިއާގެ ޔޮޓުތައް ހިމެނެއެވެ.
The Managing Director of MITDC - Mohamed Raaidh welcomes stakeholders of Savaadheeththa Dhathuru.
“Today we embark into The Great Journey of the Maldives. Today, we start a sail journey of 18 days, to visit numerous inhabited islands and other heritage sites” @mraaidh pic.twitter.com/QAh5qHkJnQ
— Savaadheeththa Dhathuru (@savaadheeththa) February 5, 2022
ތިން ހަފްތާއަށް ކުރިއަށް ގެންދާ މި ރެލީގައި، ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ބ. އަތޮޅުގެ ރަށްތަކަށް ޓުއާގެ ބައިވެރިން ޒިޔާރަތް ކުރާނެއެވެ. މީގެ ތެރޭގައި މީހުން ދިރިއުޅޭ 11 ރަށަކާއި ހަތަރު ފަޅުރަށެއް ވެސް ހިމެނެއެވެ.
މި ޓުއާގައި ދާ ރަށްތަކުގެ ތެރޭގައި ހއ. އުލިގަން، ހޯރަފުށި، މަތީރަށް، ގައްލަންދޫ، އިހަވަންދޫ، ތަކަންދޫ، އުތީމު އަދި ބާރަށާއި ހދ. އަތޮޅުން ނޮޅިވަރަންފަރު، ކުޅުދުއްފުށި އަދި ކޭލަކުނާއި ށ. އަތޮޅުން ދާނީ ފުނަދޫ އަދި ނަލަންދޫ އަދި ނ. ލަންދޫ އާއި ބ. ތުޅާދޫ އަދި ހަނިފަރު ބޭއާއި ބިލެއްދޫ ތިލަ ހިމެނެއެވެ.
މި ޓުއާގެ ބައިވެރިންނަށް ވަނީ ހާއްސަ ޕާސްޕޯޓެއް ވެސް ތައާރަފުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!