ކ. ހިންމަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި ޝިޕްމަންޓް ހިންމަފުއްޓަށް ގެންދިޔައީ މި މަހުތެ ހަތަރެއްގައެވެ. މި ޕްރޮޖެކްޓުގެ ދަށުން އަދި އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 99 އިންސައްތަ ވަނީ ނިމިފައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، އައު ހާބަ ބޭސިންގެ 14،300 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކޮށް، 38 މީޓަރުގެ ބޭރުތޮއްޓަކާއި 172 މީޓަރުގެ އެއްގަމު ތޮއްޓެއް ލާނެއެވެ.

މީގެ އިތުރުން 248 މީޓަރުގެ ރިވެޓްމެންޓް ޖަހައި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 25.88 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.