މި ސަރުކާރުގެ ގިނަ ފްލެޓުތައް މެއި މަހަށް ނިމޭނެ: ޕްލޭނިން މިނިސްޓްރީ
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ހަދަމުން އަންނަ ބައެއް ފްލެޓްތައް އަންނަ އަހަރުގެ މެއި މަހަށް ނިންމާލެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ވަނީ އިއްޔެ މި ފްލެޓުތަކުގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މީޑިއާތަކަށް ޓުއާއެއް ދީފައެވެ. މި ޓުއާގައި މިނިސްޓްރީގެ ފަރާތުން ވަނީ ނޫސްވެރިންނަށް މައުލޫމާތު ވެސް ދީފައެވެ. މިނިސްޓްރީން ބުނެފައިވާގޮތުގައި އެކި ކުންފުނިތަކާ ހަވާލުކޮށްގެން ސަރުކާރުން މާލެ ސަރަހައްދުގައި މިހާރު 6،175 ފްލެޓް ހެދުމުގެ މަސައްކ...