އދ. ހަންޏާމީދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ ދަށުން ވަނީ 6،363 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 204 މީޓަރުގެ ބޭރުތޮއްޓަކާއި 276 މީތަރުގެ އެއްގަމު ތޮއްޓެއް ލައިފައެވެ.

Ad
rt

މީގެ އިތުރުން 160 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާފައިވާއިރު ހާބަ ޕޭވްމަންޓް ހެދުމާއި ރޭމްޕް ހެދުމާއި ޖެޓީ ހެދުމާއި މޫރިންގ ބޮއެ ހަރުުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ވަނީ ކޮށްފައެވެ.

މިއީ 32.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީން ބުނި ގޮތުގައި ހަންޏާމީދޫގައި ލޯކަލް ޓޫރިޒަމް ފުޅާވަމުންއައިސް ރަށުގައި ޑައިވިން ދޯނިތަކާއި ލޯންޗުފަހަރާއި ޑިންގީތައް ބޮޑުތަނުން ވަނީ އިތުރުވެފައެވެ. އަދި ލޯކަލް ޓޫރިޒަމާއެކު ފަރުމަހުގެ މަސްވެރިކަން ފުޅާވެ، އެކްކާޝަންތަކާއި "ބިގް ގޭމް ފިޝިން" އަށް އޮތް ތަރުހީބު އިތުރުވެފައިވާއިރު ކުރިން އެ ރަށުގައި އޮތް ބަނދަރުގެ ސަބަބުން އެފަދަ ޚިދުމަތްތައް ފޯރުކޮށްދޭން ދަތިވިކަމަށް އެ ކުންފުނިން ބުންޏެވެ.

އާ ބަނދަރާ އެކު ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ މިފަދަ ދަތިތަކަށް ހައްލު ލިބިގެން ގޮސްފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.