އއ. ރަސްދޫގައި ހުންނަ ފިންސް ޑައިވް އެންޑް ލީޝާ ހޮޓަލަށް އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭ އިންތިޒާމް ހަމަޖައްސައިފިއެވެ.

ފިންސް އަކީ ރަސްދޫއަށް ޒިޔާރަތް ކުރަަ ގިނަ ބައެއްގެ މެދުގައި މަގުބޫލު ގެސްޓްހައުސްއެކެވެ. މި ގެސްޓަހައުސްގައި ފަތުރުވެރިންނަށް ކޮލިޓީ ހިދުމަތް ފޯރުކޮށްދެއެވެ.

Ad
rt

ޗުއްޓީ ހޭދަ ކޮށްލުމަށް ރަސްދޫއަށް ޒިއާރަތް ކުރާ ފަރާތްތަކަށް މިހާރު ފިންސް އިން ބުކިން ހައްދަން އުރީދޫގެ އެމްފައިސާ ބޭނުން ކުރެވޭނެއެވެ. މީގެ ސަބަބުން ފައިސާ ދެއްކުން ކުރިއަށްވުރެ ފަސޭހަވެގެންދާނެއެވެ.

މި ގެސްޓްހައުސްއަކީ ޕްރައިވެޓް ބީޗް އޭރިއާއެއް ހުންނަ ގެސްޓްހައުސްއެކެވެ. އަދި ޗުއްޓީ ހޭދަ ކޮށްލަން ދާ ފަރާތްތަކަަށް ބޭނުންވާ ތަފާތު އެކި ހިދުމަތްތައް އެ ގެސްޓްހައުސް އިން ފޯރުކޮށްދެއެވެ.

ރަސްދޫއަކީ ދިވެހިންވެސް ޗުއްޓީ ހޭދަކޮށްލަން ދާ ރަށަކަށްވުމުން އެމްފައިސާ މެދުވެރިކޮށް ފިންސް ޑައިވް އެންޑް ލީޝާ ހޮޓަލަށް ފައިސާ ދެއްކޭ ގޮތް ހެދުން ވެގެންދާނީ އެ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ލުޔަކަށެވެ.