އުރީދޫ ކްލަބް ޕްރީމިއާ ކަސްޓަމަރުންނަށް ހާއްސަ އެމް-ފައިސާ ކޭޝްބެކް އޮފާ މި މަހުގެ 31 އަށް ހަމަވާނެއެވެ.
މި އޮފާގެ ދަށުން، އެމް ފައިސާ މެދުވެރިކޮށް ބިލްތައް ދައްކާ ފަރާތްތަކަށް އަދި ވިޔަފާރި ކުރާ ފަރާތްތަކަށް، އެ ދައްކާ އަދަދުގެ 5 އިންސައްތާއާ ހަމައަށް އަނބުރާ އެމް-ފައިސާ ވޮލެޓަށް ރައްދުކުރެވޭނެއެވެ.
ޔުޓިލިޓީ ބިލްތަކަށް ފައިސާ ދެއްކުމުގެ އިތުރުން އެމް-ފައިސާ މެދުވެރިކޮށް ސްކޫލް ފީ، ކައްކާ ގޭހައް އޯޑަރކޮށް ފައިސާ ދައްކާ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށްވެސް ކޭޝްބެކް އޮފާ ގެ އުފާ ލިބިގެންދާނެއެވެ.
މި ޕްލެޓްފޯމްގައި ޔޫޓިލިޓީ ޕޭމަންޓް އޮޕްޝަންތަކުގެ ތެރޭގައި އެމްޑަބްލިއުއެސްސީ، ސްޓެލްކޯ، މީޑިއާނެޓް، ވިލާ ގޭސް، މޯލްޑިވް ގޭސް އަދި އަމާނާ ތަކަފުލް ހިމެނެއެވެ. މީގެ އިތުރުން ބްރޭންޑްލޫމް، ކޮފީ ލެބް މޯލްޑިވްސް، މެންގޯ، ސޮނީ ލައިފްސްޓައިލް، ސެންޓްރަލް ޕާކް، ސްކައިފޯލް އަދި މިނޫންވެސް ގިނަ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި އެކު އެމް-ފައިސާ އިން ވަނީ ޕާޓްނާވެ އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ މަގުފަހިކޮށްދީފައެވެ.
މި މަހުގެ 31 އާ ހަމައަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކްލަބް ޕްރިމިއާ މެމްބަރުންނަށް ފައިސާ ދައްކާ ނިމުމުން ކޭޝްބެކް ވޮލެޓަށް ކްރެޑިޓް ވި ކަމުގެ އެސްއެމްއެސް އެއް ލިބޭނެއެވެ.
ސުޕަނެޓް 40އެމް ނުވަތަ ޕޯސްޓްޕެއިޑް 1000 ރުފިޔާ އަދި އެއަށްވުރެ މަތީގެ ޕެކޭޖްތަކަށް ސަބްސްކްރައިބް ކުރާ މިހާރުގެ އަދި އާ ކަސްޓަމަރުންނަށް ކްލަބް ޕްރިމިއާގެ ހާއްސަ އޮފާތައް ލިބިގެންދާނެއެވެ.
ޕެކޭޖް އަޕްގްރޭޑް ކުރަން ބޭނުންވާ ފަރާތްތަކަށް https://www.ooredoo.mv/webapps/register/public/ ޒިޔާރަތްކޮށްގެން އެކަން ކުރެވޭނެއެވެ. އަދި އެމް-ފައިސާ އަށް ރެޖިސްޓާ ކުރަން ބޭނުންވާ ފަރާތްތަކަށް އުރީދޫ އެޕް ޑައުންލޯޑުކޮށްގެން ރަޖިސްޓްރީ ކުރެވޭނެއެވެ.
ބީ.އެމް.އެލް، އެސް.ބީ.އައި އަދި އެމް.އައި.ބީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެމް ފައިސާ ޑިޖިޓަލް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!