ހދ. ކުޅުދުއްފުށީ ރީޖަނަލް ޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، ވޯކްޝޮޕް އިމާރާތް ކުރުމާއި ގަރާޖު އިމާރާތް ކުރުމުގެ މަސައްކަތް އިއްޔެ ވަނީ ފަށައިފައެވެ.

Ad
rt

މި މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ސައިޓް ކްލިއަރ ކުރުމުގެ މަސައްކަތެވެ.

މި މަޝްރޫއުގެ ދަށުން، އިމާރާތް ކުރެވޭ ވޯކްޝޮޕާއި ވެހިކަލް ގަރާޖުގެ ޕްލޮޓް ސަރަހައްދަކީ 1461 އަކަ މީޓަރުގެ ސަރަހައްދެކެވެ. އަދި ބިލްޑް އަޕް އޭރިއާއަކީ 1122 އަކަ މީޓަރެވެ.

ކުޅުދުއްފުށީ ޕޯޓް ލިމިޓެޑްގެ ފަަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ 26.07 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.