ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ އިމާރާތް ކުރުމަށް ބޭނުން ކުރާ ދަގަނޑުގެ އަގު ހެޔޮކޮށްފިއެވެ.

އެ ކުންފުނިން ބުނީ މިއަދުން ފެށިގެން ދަގަނޑުގެ އަގު 14 އިންސައްތައާ ހަމައަށް ހެޔޮވާނެ ކަމަށެވެ.

Ad
rt

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުނުއިރު ދަނގަނޑުގެ އަގުތަކަށް ވެސް ބޮޑު ބަދަލުތަކެއް އައިސްފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ. ނަމަވެސް ރާއްޖޭގެ ބާޒާރުގައި އަގުތައް ކޮންޓްރޯލްކޮށް އެންމެ ކުޑައަގެއްގައި މުދާ ފޯރުކޮށްދިނުމަށް މެދުނުކެނޑި މަސައްކަތް ކޮށްފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.

ދުނިޔޭގެ ބާޒާރަށް އައި ލޮޅުންތަކާއެކު ސަޕްލައި ޗެއިނަށް ދިމާވި ދަތިތަކުން މިހާރު އަރައިގަނެވެމުންދާކަން އެސްޓީއޯއިން ވަނީ ފާހަގަ ކޮށްފައެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނިން ވިއްކާ އިމާރާތް ކުރުމަށް ބޭނުންކުރާ އެހެނިހެން ސާމާނުތަކުގެ އަގުތަކަށް ވެސް ކުރިއަށް އޮތް ތަނުގައި ހެޔޮ ބަދަލުތަކެއް އަންނާނެ ކަަމަށެވެ.