ޓެކްސް ބިލަށް ބަދަލެއް ނުގެނެސް ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކޮށްފި

Majlis_P19_Sit5_Floor_001

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ބިލް ހުށަހެޅި ގޮތަށް އެބިލް ދިރާސާކުރި މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

މިގޮތަށް ފާސް ކޮށްފައިވަނީ މިއަދު ކުރިއަށްދިޔަ މުޅި މަޖިލީހުގެ ކޮމިޓީގައެވެ. އެގޮތުން، މި ބިލް ފާސްކޮށްފައިވަނީ ބިލަށް އިދިކޮޅުންނާއި އެމްޑީޕީ ތެރެއިން ހުށަހެޅި އެއްވެސް އިސްލާހެއް ފާސް ނުކުރެއެވެ.

އިދިކޮޅުން އިސްލާހު ހުށަހެޅުއްވީ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމެވެ. އެއީ މިހާރު ޓެކްސް ނަގާ ރޭޓްގައި ޓެކްސް ނެގުމަށެވެ. އެ އިސްލާހު ފާސްކުރަން ނުފެންނަކަމަށް 56 މެމްބަރުން ވޯޓު ދެއްވިއެވެ.

އެމްޑީޕީން އިސްލާހުތައް ހުށަހަޅުއްވީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. އާޒިމް ހުށަހެޅުއްވީ ތިން އިސްލާހެކެވެ. އެއީ ޓީޖީއެސްޓީ 14 އިންސައްތައަށް އިތުރުކުރުމަށާއި ގެސްޓްހައުސްތަކުން ނަގާ ޓީޖީއެސްޓީ ބޮޑުނުކުރުމަށާއި ބޮޑުކުރާ ޓެކްސް ނަގަން ފަށާ ތާރީޚު އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެންކަމަށް ކަނޑައެޅުމަށެވެ.

ސަރުކާރުން ބިލް ހުށަހެޅި ގޮތަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިންނެވި 72 މެމްބަރުންގެ ތެރެއިން 50 މެމްބަރުންގެ ވޯޓުންނެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫގެ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހަޅުއްވާފައިވާ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލުގައި ވަނީ ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުކުރުމަށާއި، ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް ބޮޑުކުރުމަށެވެ.

މިގޮތަށް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލު ކުރާނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. މަޖިލީހުގައި މިތިބީ ސީދާ ރައްޔިތުންގެ ލޭބޯން އަރާތިބި ހާއިނުން ތަކެއް އެހެންތާ ވާނީ މަގުމަތީ ލާހޫރިހޫރި ތިބި ތަނެއްދޮރެއް ނޭގޭ ބައިގަނޑެއް މީމުސީ ބާތެއް މިގައުމައްޖެހިފައިވާ ޔާﷲ މިމުސީބާތުން މިގައުމުމިންޖުކުރައްވާދޭވެ މިބައިގަނޑު ހަލާކުކުރައްވައިފާދޭވެ އާމީން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި