ބުރިޖު މަތީ ގަވައިދާ ހިލާފަށް ބާރަށް ދުއްވާ އުޅަނދުތަކުގެ ވެރިންނަށް ނަސޭހަތުގެ މެސެޖް ފޮނުވަނީ
ސިނަމާލެ ބްރިޖްގައި ގަވައިދާ ހިލާފަށް ބާރަށް ދުއްވާ އުޅަނދުތަކާއި، ގަވައިދާ ހިލާފަށް ލޭން ބަދަލުކުރާ އުޅަނދުތައް ދެނެގަނެ އެ އުޅަނދުތަކުގެ ވެރިންގެ ފޯނަށް ނަސޭހަތުގެ މެސެޖް ފޮނުވަން މޯލްޑިވްސް ޕޮލިސް ސާވިސް އިން ނިންމައިފިއެވެ. މިއަދު އެ މުއައްސަސާއިން ވިދާޅުވެފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސިނަމާލެ ބްރިޖުގައި ދުއްވަން ހުއްދަ ކުރެވިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތަކާއި ގަވައިދާ ޚިލާފަށް ލޭން ބަދަލުކުރާ އުޅަނދުތައް ދެނެގަނެ އަދި އުޅަނދެއް ދުއްވި ބާރުމިން […]