2028 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް އިންގްލެންޑާއި އަޔަލެންޑްގައި ބާއްވަން ޔުއެފާއިން ނިންމައިފިއެވެ.

މިހާތަނަށް އިންގްލެންޑަށް ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރެވިފައި ނުވިނަމަވެސް އެ ގައުމުގައި ދެ ފަހަރެއް މަތިން ވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތް ބާއްވާފައެވެ. އެއީ 1996 ވަނަ އަހަރާއި 2020 ވަނަ އަހަރެވެ. 2028 ވަނަ އަހަރުގެ މުބާރާތަކީ އެ ގަމުގައި މި މުބާރާތް ބާއްވާ ތިންވަނަ ފަހަރެވެ. ނަމަވެސް މިއީ އަޔަލެންޑްގައި މިފަދަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ.

Ad
rt

2028 ވަނަ އަހަރުގެ ފުޓްބޯޅަ މުބާރާތަށް ބައެއް ސްޓޭޑިއަމް އަލުން ބިނާކުރާއިރު، މިހާރު ބޭނުންކުރަމުންދާ ބައެއް ސްޓޭޑިއަމްތައް ވެސް ބޭނުން ކުރާނެއެވެ. މިގޮތުން ބޭނުން ކުރަން ނިންމާފައިވާ ބައެއް ސްޓޭޑިއަމްތަކުގެ ތެރޭގައި އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމް، އަޔަލެންޑްގެ ހަމްޕްޑެން ޕާކް ސްޓޭޑިއަމް، ވޭލްސްގެ ކާޑިފްސް ޕްރިންސިޕަލިޓީ ސްޓޭޑިއަމް އަދި އަޔަލެންޑްގެ ޑަބްލިންސް އަވިވާ ސްޓޭޑިއަމް ހިމެނެއެވެ. މީގެ އިތުރުން ވެސް އިންގްލެންޑްގެ މަޝްހޫރު ބައެއް ސްޓޭޑިއަމްތައް ބޭނުން ކުރާނެއެވެ.

2028 ވަނަ އަހަރަށް ފަހު އޮންނާނީ 2032 ވަނަ އަހަރުގެ މުބާރާތެވެ. އެ މުބާރާތް ބާއްވަން ޔުއެފާއިން މިހާރު ނިންމާފައި ވަނީ އިޓަލީއާއި ތުރުކީގައެވެ.

އަންނަ އަހަރު އޮންނަ ޔޫރޯ (ޔޫރޯ 2024) ފުޓްބޯޅަ މުބާރާތް ކުޅޭނީ ޖަރުމަނުގައެވެ. އެ މުބާރާތުގެ ކޮލިފައިން މެޗުތައް މި ހަފްތާ ތެރޭވެސް ކުރިއަށްދާނެއެވެ.