ފަސޭހަކަމާއިއެކު ޓޮޓެންހަމް ބަލިކޮށް ލިވަޕޫލް ފައިނަލަށް
ފަސޭހަކަމާއިއެކު ޓޮޓެންހަމް ބަލިކޮށް ލިވަޕޫލުން އިނގިރޭސި ލީގް ކަޕްގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުގައި 1-0 ގެ ނަތީޖާއިން މޮޅުވީ ޓޮޓެންހަމެވެ. ރޭ ދެވަނަ ލެގުގެ މެޗު ކުޅެފައުވަނީ ލިވަޕޫލްގެ ދަނޑުގައެވެ. ލިވަޕޫލުން ރޭ މެޗު ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. ވުމާއިއެކު އެ ޓީމަށް ފައިނަލުން ޖާގަ ލިބިފައިވަނީ 4-1 ގެ އެގްރިގޭޓް ނަތީޖާއިންނެވެ. ރޭ މެޗުގެ 34 ވަނަ މިނިޓުގައި މުހައްމަދު ސަލާ ދިން ބޯޅަ އަކުން […]