ޔޫރޮޕާ ލީގުގެ ލީގު ބުރުގެ ފަހު މެޗުތަކުން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް، މުބާރާތުގެ ގަދަ 16 ބުރުން ޖާގަ ހޯދައިފިއެވެ.
ރޭ ރަށުން ބޭރުގައި ބުކަރެސްޓް އާއި ދެކޮޅަށްކުޅެ ޔުނައިޓެޑް މޮޅުވީ 2-0 ގެ ނަތީޖާއިންނެވެ.
ރޭ މެޗުގައި ޔުނައިޓެޑަށް ލަނޑުތައް ޖަހައިދިނީ، ދެ ވަނަ ހާފުގެ އަށް މިނިޓްގެ ތެރޭގައި ޑިއޯގޯ ޑަލޯ އާއި ކޯބީ މައިނޫއެވެ. ޑަލޯ ގޯލު ޖަހާފައިވަނީ މައިނޫގެ އެހީތެރިކަމާއިއެކުއެވެ.
ރޭ ޓޮޓެންހަމް އިން އަމިއްލަ ދަނޑުގައި ވަނީ 3-0 ގެ ނަތީޖާއިން އެލްފްސްބާގް ބަލިކޮށްފައެވެ.
ރޭ މެޗަށް ޓޮޓެންހަމް ނުކުތީ ސީނިއާ ގިނަ ކުޅުންތެރިން ނުލައެވެ. ނަމަވެސް އެ ޓީމު ވަނީ ފަސޭހައިން މޮޅުވެފައެވެ. ޓޮޓެންހަމްގެ ލަނޑުތައް ޖެހީ، ޑޭން ސްކާލެޓް، ޑަމޯލާ އަޖާއި އަދި މިކީ މޫއެވެ. އުމުރުން 17 އަހަރުގެ މޫ ވަނީ ޔޫރަޕްގެ މުބާރާތެއްގައި ލަނޑު ޖެހި އެންމެ ޒުވާން އިނގިރޭސި ކުޅުންތެރިޔާގެ ޝަރަފް ހޯދައިފައެވެ.
ޔޫރޮޕާ ލީގުގެ ލީގު ބުރު ކުޅުން ނިމުނުއިރު، ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނިގެން ގަދަ 16ގެ ސީދާ ޖާގަ ކަށަވަރުކުރީ، އެއް ވަނަ ހޯދި ލާޒިއޯ، ދެ ވަނައިގައި ނިންމި، އެތުލެޓިކް ކްލަބް، ތިން ވަނަ ހޯދި މެންޗެސްޓާ ޔުނައިޓެޑް، ހަތަރު ވަނަ ލިބުނު ޓޮޓެންހަމް، ފަސް ވަނަ ހޯދި އައިންޓްރަކްޓް ފްރޭންކްފާޓް، ހަ ވަނަ ހޯދި ލިޔޯން، ހަތް ވަނަ ހޯދި އޮލިމްޕިއާކޯސް އަދި އަށް ވަނައިގައި ނިންމި ރޭންޖާސްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!