ޕްލޭއޮފްގައި ސިޓީއާއި ދެކޮޅަށް ކުޅެން އަންޗެލޮޓީ ބޭނުމެއް ނުވޭ
ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޕްލޭ އޮފްގައި މެންޗެސްޓާ ސިޓީއާއި ދެކޮޅަށް ކުޅެން ބޭނުންނުވާ ކަމުގައި ރެއާލް މެޑްރިޑްގެ ކޯޗް ކާލޯ އަންޗެލޮޓީ ބުނެފިއެވެ. ގްރޫޕް ބުރުގެ ފަހު މެޗުގައި ރޭ ރެއާލުން ވަނީ ރަށުން ބޭރުގައި 3-0 ގެ ނަތީޖާއިން ބްރެސްޓް ބަލިކޮށް، ދެވަނަ ބުރުގެ ޕްލޭއޮފް ޖާގަ ކަށަވަރުކޮށްފައެވެ. ފުރަތަމަ ބުރުގައި ކުޅުނު އަށް މެޗުގެ ތެރެއިން ތިން މެޗުން ބަލިވެފައި އޮތުމުން ރޭ މެޗަށް ނުކުތްއިރު ވެސް ގަދަ އަށް ޓީމްގެ […]