ސްޕެނިޝް ކަޕް/ ކޮޕަ ޑެލް ރޭ ކުއާޓާ ފައިނަލުގައި މިރޭ ރެއާލް މެޑްރިޑާއި ލެގަނޭސް ބައްދަލުކުރާ މެޗުގައި، އަނިޔާގެ ސަބަބުން އެ ޓީމްގެ އެޓޭކިންގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ޖޫޑް ބެލިންހަމްއާއި ކިލިއަން އެމްބާޕޭއަށް އަށް ނުކުޅެވޭނެކަމަށް ރެއާލްގެ ކޯޗް ކާލޯ އަންޗެލޮޓީ ބުނެފިއެވެ.
ރެއާލަށް އަނިޔާގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. މިވަގުތު އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރޭގައި ކަމަވިންގާ، ރުޑިގާ، ޑޭވިޑް އަލަބާ ހިމެނެއެވެ. މީގެއިތުރުން އެ ޓީމްގެ ފުލް ބެކް ޑެނީ ކަރަވަހާލްގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކަށް އޭނާ ވެސް އަންނަނީ ފަރުވާ ހޯދަމުންނެވެ.
މެޗުގެ ކުރިން މީޑީއާއާއި ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު އަންޗެލޮޓީ ބުނީ ބެލިންހަމް އަށް މަށައިގެން ދިޔުމުގެ ސަބަބުން އަނިޔާވެފައިވާ ކަމަށާއި، އެމްބާޕޭގެ ކުޑަކަޅުވާއަށް އަނިޔާވެފައިވާކަމަށެވެ. ނަމަވެސް އެމްބާޕޭ ޓްރެއިނިން ހަދަމުން އަންނަ ކަމުގައި އޭނާ ބުންޏެވެ.
އެމްބާޕޭއަށް އަނިޔާވީ ލީގުގައި އެންމެ ފަހުން އެސްޕަނިޔޯލާއި ރެއާލް ބައްދަލުކުރި މެޗުގައި އެސްޕަންޔޯލްގެ ރޮމޭރޯ އެމްބާޕޭއަށް ގަސްތުގައި ކުރި ނުރައްކާތެރި ޓެކުލްއާއި ގުޅިގެންނެވެ.
ރެއާލާއި ލެގަނޭސް ބައްދަލުކުރާ ކުއާޓާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން ދަންވަރު 01:00 ގައެވެ.
ލީގުގައި އަންނަ ހަފްތާ ބަންދުގައި ރެއާލުން އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށް ނުލުންނައިރު، ރެއާލަށް ވަނީ އަނިޔާގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. އެ މެޗުން މޮޅުވާ ބަޔަކަށް ޕޮއިންޓް ތާވަލުގެ އެއްވަނަ ލިބިގެންދާނެއެވެ. މިވަގުތު އެއް ޕޮއިންޓްގެ ފަރަގަކާއިއެކު ތާވަލުގެ އެއްވަނާގައި އޮތީ ރެއާލެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!