ތިން މެޗަށް ފަހު ރެއާލަށް މޮޅެއް
ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި ޖިރޯނާ ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބުކޮށްފިއެވެ. އެ ޓީމުން މެޗު ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއިންނެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ރެއާލަށް މޮޅެއް ނުހޯދުނެވެ. ދެ މެޗުން އެއްވަރުވެ އެއް މެޗުން ބަލިވެ ގެއްލުނު ޕޮއިންޓް ތަކާއިއެކު އެ ޓީމަށް އެއްވަނަ ވެސް އޮތީ ގެއްލިފައެވެ. ނަމަވެސް ރޭ މެޗުގައި ރެއާލުން ވަނީ ރަނގަޅު ކުޅުމެއްދައްކައި މެޗު ކާމިޔާބު ކޮށްފައެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ […]