ޔޫތު މިނިސްޓްރީން އިސްނަގައިގެން ކުޅުދުއްފުށި ސިޓީގެ މަދަނީ ޖަމްއިއްޔާތަކާއި، ކައުންސިލް، ޑަބްލިޔުޑީސީ އަދި އެކިއެކި މުއައްސަސާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މެނޭޖްމަންޓް ވޯކްޝޮޕް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.

މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

Ad
rt

މި ވޯކްޝޮޕަކީ އިޖްތިމާއީ ގޮތުން މުޖުތަމައު ބާރުވެރި ކުރުވުމުގެ ގޮތުން މަދަނީ ޖަމްއިއްޔާތަކުން ރަށްފެންވަރުގައި ކުރިއަށް ގެންދާ ޕްރޮގްރާމްތަކާއި ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ޖަމްއިއްޔާތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމާއި، މަދަނީ ޖަމްއިއްޔާތަކުގެ ގަވާއިދާއި ގާނޫނަށް އަހުލުވެރިކުރުމާއި، މުޖުތަމައު އެއްބައްވަންތަ ކުރުމާއި ގުޅޭގޮތުން ކުރިއަށް ގެންގޮސްފައިވާ ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕް ކުރިއަށް ގެންދިޔައީ 17 ބައިވެރިންނާއިއެކުގައެވެ.