ޗެލްސީ މޮޅުވިއިރު، ޔުނައިޓެޑް އެއްވަރު
ޔުއެފާ ކޮންފަރެންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ޑެންމާކުގެ ކޯޕަންހޭގަންއާ ދެކޮޅަށް ކުޅެ ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ. ރޭ ކޯޕަންގޭފަންގެ ދަނޑުގައި ކުޅުނު މި މެޗު ޗެލްސީން ކާމިޔާބުކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައިނުވެއެވެ. މެޗުގެ ފުރަތަމަ ލަނޑު ޗެލްސީން ޖެހިއިރު، މި ލަނޑު ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ކުކުރެއާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ރީސް […]