Skip to main content

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
285 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

މަކުނުދޫގެ ކުޑަކުދިންގެ ޕާކްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

މަކުނުދޫގެ ކުޑަކުދިންގެ ޕާކްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ.މަކުނުދޫގައި ހެދުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މަކުނުދޫ ކައުންސިލުން 31 އޮކްޓޯބަރ 2021 ގައި ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ އެ ރަށުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކުގެ މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާކަމަށެވެ. މިގޮތުން މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 10 ނޮވެމްބަރ 2021 ވާ ބުދަ ދުވަހުގެ 11:0...

ކުޅުދުއްފުށީ ބަނދަރުތެރެއަށް ދޯނިއަޅަން ބޭނުންކުރާ ވައު ދޫކޮށްފައި ނުދިއުމަށް އެދިއްޖެ
Thiladhunmathi News

ކުޅުދުއްފުށީ ބަނދަރުތެރެއަށް ދޯނިއަޅަން ބޭނުންކުރާ ވައު ދޫކޮށްފައި ނުދިއުމަށް އެދިއްޖެ

ހދ. ކުޅުދުއްފުށީ ލޯކަލް ބަނދަރުން އޮޑިދޯނިފަހަރު ފުރާއިރު ދޯނި އަޅަން ބޭނުންކުރި ވައު ބަނދަރު ތެރެއަށް ދޫކޮށް ފުރައިގެން ނުދިޔުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާއިން އިލްތިމާސް ކޮށްފިއެވެ. މިކަމާއި ގުޅިގެން މިދިޔަ މަހު 28 ވަނަ ދުވަހު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ކުޅުދުއްފުށި ލޯކަލް ބަނދަރުގެ ޖެޓީގައި އުޅަނދުފަހަރު އެޅުމަށް ބޭނުންކުރާ ވައު، އުޅަނދުފަހަރު  ދުރުކުރުމަށްފަހު މޫޓުތަކަށް އައްސާ ފަޅުތެރެއަށް ދޫކޮށް ފުރައިންދާ ކަން ވަނީ އެ އިދާރާއަށް ފާހަގަ ކުރެވިފައިވާ ކ...

ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީން ކުރިއަށް ގެނދިޔަ ޖަނާޒާ ވޯކްޝޮޕް ކާމިޔާބު ކަމާއިއެކު ނިންމާލައިފި
Thiladhunmathi News

ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީން ކުރިއަށް ގެނދިޔަ ޖަނާޒާ ވޯކްޝޮޕް ކާމިޔާބު ކަމާއިއެކު ނިންމާލައިފި

ހދ. ނޮޅިވަރަންފަރު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އެ ރަށުގެ ދެ ޖިންސުގެ ބޭފުޅުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޖަނާޒާ ވޯކްޝޮޕް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. ނޮޅިވަރަންފަރު ޑަބުލިއު.ޑީ.ސީ އާއި ދާރުލް ޤުރުއާން ގުޅިގެން ކުރިއަށް ގެންދިޔަ މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައި ވަނީ 30 އޮކްޓޯބަރ 2021 ވީ ހޮނިހިރު ދުވަހުއެވެ. މި ވޯކްޝޮޕްގެ ސެޝަންތައް ނޮޅިވަރަންފަރު ސްކޫލުގައި ކުރިއަށް ގެންގޮސްފައިވާއިރު، މި ވޯކްޝޮޕްގައި ބައިވެރިންނަށް ޖަނާޒާގެ ކަންތައްތަކާއި ގުޅޭގޮތުން މަޢުލޫ...

މިލާނުން އެއްވަނާގައި އޮތް ނަޕޯލީއާއި ޕޮއިންޓްގެ ގޮތުން އަރާހަމަކޮށްފި
Sports

މިލާނުން އެއްވަނާގައި އޮތް ނަޕޯލީއާއި ޕޮއިންޓްގެ ގޮތުން އަރާހަމަކޮށްފި

އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެ ރޭ އޭސީ މިލާނާއި ރޯމާ ބައްދަލުކުރި މެޗު މިލާނުން ކާމިޔާބުކޮށް އެއްވަނާގައި އޮތް ނަޕޯލީއާއި ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށްފިއެވެ. ރޯމާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު މިލާނުން ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. އެއްވަނާގައި 11 މެޗުން 31 ޕޮއިންޓް ހޯދައިގެން ނަޕޯލީ އޮތްއިރު، މިލާނުން ވެސް ވަނީ 11 މެޗުން 31 ޕޮއިންޓް ހޯދާފައެވެ. ނަޕޯލީއަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. މިލާން އަތުން […]

ހަނިމާދޫ ކެތިއަރާ މަސްރޭހުގެ ޗެމްޕިއަންކަން ޓީމް ހުސްއަނގަ އަދި ޓީމް ސީހޯސްއަށް
Thiladhunmathi News

ހަނިމާދޫ ކެތިއަރާ މަސްރޭހުގެ ޗެމްޕިއަންކަން ޓީމް ހުސްއަނގަ އަދި ޓީމް ސީހޯސްއަށް

ހދ. ހަނިމާދޫ ކެތިއަރާ ޖަމްޢިއްޔާއިން އިންތިޒާމް ކޮށްގެން ބޭއްވި “ކެތިއަރާ މަސްރޭސް 2021” ގެ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ޓީމް ހުސްއަނގަ އަދި ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ޓީމް ސީ ހޯސް ހޯދައިފިއެވެ. ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މަސްރޭހުގެ އަންހެން ކެޓަގަރީގެ ރޭސް ބާއްވާފައި ވަނީ 29 އޮކްޓޯބަރ 2021 ވީ ހުކުރު ދުވަހުއެވެ. ފިރިހެން ކެޓަގަރީގެ މަސް ރޭސް ބާއްވާފައި ވަނީ 30 އޮކްޓޯބަރ 2021 ވީ ހޮނިހިރު ދުވަހުއެވެ. ފިރިހެން […]

ޗެލްސީ މޮޅުވެ ލިވަޕޫލް އެއްވަރުވެ ސިޓީ ބަލިވެއްޖެ
Sports

ޗެލްސީ މޮޅުވެ ލިވަޕޫލް އެއްވަރުވެ ސިޓީ ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ޗެލްސީއާއި ނިއުކާސަލް ބައްދަލުކުރި މެޗުން ޗެލްސީ މޮޅުވިއިރު، ލިވަޕޫލާއި ބްރައިޓަން ބައްދަލުކުރި މެޗު އެއްވަރުވެ، މެންޗެސްޓާ ސިޓީއާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗުން ސިޓީ ބަލިވެއްޖެއެވެ. ނިއުކާސަލްގެ ދަނޑުގައި ކުޅުނު މެޗު ޗެލްސީން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް ދެވަނަ ހާފުގައި ޗެލްސީން ވަނީ ތިން ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 65 ވަނަ މިނެޓުގައި ރީސް […]

އެލްޗޭ ބަލިކޮށް ރެއާލް އެއްވަނައަށް
Sports

އެލްޗޭ ބަލިކޮށް ރެއާލް އެއްވަނައަށް

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި އެލްޗޭ ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ. އެލްޗޭގެ ދަނޑުގައި ހޮނިިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި ނަތާޖާއާއިއެކު ރެއާލަށް ވަނީ ކުޅުނު 11 މެޗުން ލިބުނު 24 ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. ދެވަނާގައި އޮތް ރެއާލް ސޮސިއެޑާޑްއަށް ވެސް 11 މެޗުން 24 ޕޮއިންޓް ލިބިފައިވީ ނަމަވެސް ރެއާލަށް އެއްވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. މި މެޗުން ބަލިވި […]

ތިލަދުންމަތީ ހުނަރުވެރިން: މޭކަޕް ކުރުމުގެ ދާއިރާއިން ވަށަފަރު ހަމްދާ
Report

ތިލަދުންމަތީ ހުނަރުވެރިން: މޭކަޕް ކުރުމުގެ ދާއިރާއިން ވަށަފަރު ހަމްދާ

ހއ. ވަށަފަރު، ސޭވް، ހަމްދާ ހަސަންއަކީ ކައިވެނި ހަފްލާތަކަށް މޭކަޕް ކޮށްދީ އެ ޚަފްލާތައް ފުރިހަމަ ކުރުމުގައި މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ. ހަމްދާ އުމުރުން ވަރަށް ހަގުއިރު ވެސް މޭކަޕް ކުރުމަށް ވަރަށް ފޯރިހުރެއެވެ. އޭރުވެސް ލިބެން ހުންނަ މަދުސާމާނާއި އެކު އަމިއްލައަށް މޭކަޕްކޮށް އަދި ދައްތަމެން މޭކަޕްކޮށްދީ އުޅެނީ، އެއްވެސް ހާލެއްގައި މޭކަޕް ކޮށްދީގެން އާމްދަނީއެއް ހޯދަން ވިސްނައިގެނެއް ނޫނެވެ. މޭކަޕް ކުރުމަކީ މާބޮޑު ޝަޢުޤެއް ހިތުގައި އޮންނަކަމަކަށް ވުމުން ހިތްހަމަ ޖައްސާލުމަށެވެ. ވިސްނުން...

އިހަވަންދޫ "ޖޭ ސްޕޯޓްސް އެކަޑަމީ" އިފްތިތާހުކޮށްފި
Thiladhunmathi News

އިހަވަންދޫ "ޖޭ ސްޕޯޓްސް އެކަޑަމީ" އިފްތިތާހުކޮށްފި

ހއ.އިހަވަންދޫގައި ކުޅިވަރު ކުރިއެރުވުމަށް “ޖޭ ސްޕޯޓްސް އެކަޑަމީ” ގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ އެކަޑަމީ އިފްތިތާޙް ކޮށްފިއެވެ. މި އެކަޑަމީ އިފްތިތާޙް ކުރުމުގެ ޚަފްލާ 28 އޮކްޓޯބަރ 2021 ވީ ބުރާސްފަތި ދުވަހުގެ ރޭ އިހަވަންދޫ ހުރަވީ ފުޓްބޯޅަ ދަނޑުގައި ބާއްވާފައިވާއިރު މި ޚަފްލާ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ދިވެހިރާއްޖެއަށް ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ޓީމުގެ ކެޕްޓަން އައްސަދު ޢަބްދުލްޣަނީއެވެ. މި ޚަފުލާގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަން...

ސަސުއޯލޯއިން ފަހު ވަގުތު ލަނޑުޖަހައި ޔުވެންޓަސް ބަލިކޮށްފި
Sports

ސަސުއޯލޯއިން ފަހު ވަގުތު ލަނޑުޖަހައި ޔުވެންޓަސް ބަލިކޮށްފި

އިޓާލިއަން ލީގުގައި ޔުވެންޓަސްއާއި ސަސުއޯލޯ ބައްދަލުކުރި މެޗު ސަސުއޯލޯއިން ކާމިޔާބު ކޮށްފިއެވެ. ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ބުދަދުވަހުގެ ރޭ ކުޅުނު މި މެޗު ސަސުއޯލޯއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ ސަސުއޯލޯއިންނެވެ. މި ލަނޑު މެޗުގެ ފުރަތަމަ ހާފު ނިމެން އެއްމިނެޓަށް ވެފައި ވަނިކޮށް ޑީފްރެލް ތަނަވަސް ކޮށްދިން ފުރުބަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ފްރަޓޭސީއެވެ. ޔުވެންޓަސްއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 76 ވަނަ […]

ވަޔެކާނޯއިން ބާސާ ބަލިކުރުމުން ކޫމަންގެ މަޤާމު ގެއްލިއްޖެ
Sports

ވަޔެކާނޯއިން ބާސާ ބަލިކުރުމުން ކޫމަންގެ މަޤާމު ގެއްލިއްޖެ

ސްޕެނިޝް ލަލީގާގައި ބާސެލޯނާއާއި ރަޔޯ ވަޔެކާނޯ ބައްދަލުކުރި މެޗުން ހަނިގޮތަކަށް ބާސެލޯނާ ބަލިވުމާއި ގުޅިގެން އެ ޓީމްގެ ކޯޗުގެ މަޤާމުގައި ހުރި ކޫމަން އެ މަޤާމުން ވަކިކޮށްފިއެވެ. ވަޔެކާނޯގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ބާސާގެ މައްޗަށް ކުރި ހޯދާފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. ބާސެލޯނާ ލީގުގައި މިހާތަނަށް 10 މެޗު ކުޅެފައިވާއިރު އެ ޓީމަށް ލިބިފައި ވަނީ 15 ޕޮއިންޓެވެ. މިވަގުތު ބާސެލޯނާ އޮތީ އެއްވަނާގައި އޮތް ރެއާލަށްވުރެ ހަ […]

އޮސަސޫނާއިން ރެއާލް މޮޅުވިޔަނުދީ ހިފަހައްޓައިފި
Sports

އޮސަސޫނާއިން ރެއާލް މޮޅުވިޔަނުދީ ހިފަހައްޓައިފި

ސްޕެނިޝް ލަލީގާގައި ބުދަ ދުވަހުގެ ރޭ ރެއާލް މެޑްރިޑާއި އޮސަސޫނާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 0-0 ގެ ނަތީޖާއަކުންނެވެ. މި މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގައި އެއްވަނާގައި ދެ ޕޮއިންޓްގެ ލީޑެއް ހޯދުމުގެ ފުރުޞަތު ރެއާލަށް އޮތް ނަމަވެސް މެޗު އެއްވަރުވުމުން ޕޮއިންޓް ތާވަލުގެ އެންމެ ކުރީގައި އޮތް ހަތަރު ޓީމް ވަނީ ޕޮއިންޓްގެ ގޮތުން އެއްވަރު ވެފައެވެ. ރެއާލަށް 10 […]

ދިރިއުޅުމަށް ކުއްޔަށް ދޫކުރާ ތަންތަން ރަޖިސްޓަރީ ކުރަން ލާޒިމްވާ ބިލު ފާސްކޮށްފި
Raajje

ދިރިއުޅުމަށް ކުއްޔަށް ދޫކުރާ ތަންތަން ރަޖިސްޓަރީ ކުރަން ލާޒިމްވާ ބިލު ފާސްކޮށްފި

ހަމަސް ދުވަހަށްވުރެ ދިގުމުއްދަތަށް ދިރިއުޅުމަށް ކުއްޔަށް ދޫކުރާ ތަންތަން ރަޖިސްޓަރީ ކުރުމަށް ލާޒިމްކޮށް ގޯތިގެދޮރު ކުއްޔަށް ދިނުމާއިބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުން މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު ހުށަހެޅުއްވި މި ބިލު، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް ބިލު ފާސްކޮށްފއި ވަނީ 48 މެމްބަރުންގެ ވޯޓުންނެވެ. މި ބިލުގައި ގެދޮރު ކުއްޔަށް ދިނުމުގައި، ކުއްޔަށް ހިފާ ފަރާތާއި ކުއްޔަށްދޭ ފަރާތުގެ ހައްޤުތައް ހިމާޔަތްކުރުމަށް ވަރަށް...

އެފްއޭއެމްގެ ރެފްރީ ކޯސްތައް ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދަނީ
Raajje

އެފްއޭއެމްގެ ރެފްރީ ކޯސްތައް ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދަނީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހިންގާފައިވާ ރެފްރީ ކޯސްތަކުގައި ބައިވެރިވެ ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމަށް އެ އެސޯސިއޭޝަނުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން 27 އޮކްޓޯބަރ 2021 ގައި އެ އެސޯސިއޭޝަނުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ އެ އެސޯސިއޭޝަނުން ރާއްޖޭގައި ހިންގުނު ރެފްރީ ކޯސްތަކުގައި ބައިވެރިވެ އެ ކޯސްތައް ފުރިހަމަކޮށް އަދި މިވަގުތު މާލެއާއި އަތޮޅުތަކުގައި ރެފްރީކަން ކުރަމުންދާ ރެފްރީންގެ ރަޖިސްޓްރީ އަޕްޑޭޓު ކުރުމަށްޓަކައި އެ ފަރާތްތަކ...

ޕެނަލްޓީގައި ސައުތެމްޓަން ބަލިކޮށް ޗެލްސީ ކުއާޓާއަށް
Sports

ޕެނަލްޓީގައި ސައުތެމްޓަން ބަލިކޮށް ޗެލްސީ ކުއާޓާއަށް

އިނގިރޭސި ލީގު ކަޕްގެ ރައުންޑް އޮފް ސިކްސްޓީންގައި އަންގާރަ ދުވަހުގެ ރޭ ޗެލްސީއާއި ސައުތެމްޓަން ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޗެލްސީ ޖާގަ ހޯދައިފިއެވެ. ޗެލްސީ މި މެޗު ކާމިޔާބު ކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އެއްވަރުވުމުން ޖެހި ޕެނަލްޓީގައި 4-3 ގެ ނަތީޖާއިން ސައުޓެމްޓަންގެ މައްޗަށް ކުރި ހޯދައިގެންނެވެ. ޗެލްސީން މި މެޗަށް ނުކުމެފައި ވަނީ އެ ޓީމްގެ ފުރަތަމަ އެގާރައިގަ ހިމެނިގެން އާންމުކޮށް ކުޅެމުން އަންނަ މުހިންމު […]