ހދ.މަކުނުދޫގައި ހެދުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ.

މަކުނުދޫ ކައުންސިލުން 31 އޮކްޓޯބަރ 2021 ގައި ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ އެ ރަށުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކުގެ މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާކަމަށެވެ.

Ad
rt

މިގޮތުން މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 10 ނޮވެމްބަރ 2021 ވާ ބުދަ ދުވަހުގެ 11:00 އަށް އެ ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 ނޮވެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 11.00 އަށް އެ އިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއް ވުމަށްއެދޭކަމަށެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ކުންފުންޏެއްގެ ފަރާތުން ނުވަތަ އެހެން މީހެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށް ނުވަތަ ބީލަން ހުށަހެޅުމަށް ހާޟިރުވާނަމަ އެ ފަރާތްތަކުން އެ މީހަކު ތަމްސީލްކުރަނީ ކޮން ފަރާތެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅުމަށް މަކުނުދޫ ކައުންސިލުން މިކަމާއި ގުޅިގެން ކޮށްފައިވާ އިޢުލާނުގައި ވަނީ ބުނެފައެވެ.

އެ އިޢުލާނުގައި އިތުރަށް ބުނެފައި ވަނީ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައްޔާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށް ވެސް ތަމްސީލުކުރެވޭނީ އެއްފަރާތް ކަމަށެވެ. މަޢުލޫމާތު ސާފުކުމުގެ ބައްދަލްވުމަށް ހާޟިރުވެ ނުލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދިނުމަށް ނިންމާފައިވާއިރު، ވިޔަފާރި އުޞޫލުން ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކަށް ވެސް ފުރުޞަތު ނުދިނުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ.