ހދ. ނޮޅިވަރަންފަރު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ފަސް ބަނބުކެޔޮގަސް މީލާދީގޮތުން އެއް އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އެ ކައުންސިލުން ނިންމައިފިއެވެ.
މިކަން ހާމަކޮށް މި މަހުގެ އެއްވަނަ ދުވަހު އެ ކައުންސިލުން ކޮސްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ރަށުގެ އެލިއާ އަވަށު ކިލެގެފާނުމަގުގެ އުތުރުން، އެދުރުކަލޭފާނުމަގުގެ އިރުމަތީގައިވާ ހުސްބިމުގައި ހުރި 05 ގަސް ބަނބުކެޔޮ މީލާދީ ގޮތުން އެއް އަހަރު ދުވަހުގެ މުއްދަތަށް (އެ ސަރަހައްދު ކޮންމެ ހަފްތާ އަކު 3 ދުވަހު ކުނިކާހާ ސާފުކުރުމަށް ޝަރުތުކޮށް) ކުއްޔަށް ދޫކުރުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
މިގޮތުން ފަސް ބަނބުކެޔޮގަސް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން 10 މާޗް 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ކައުންސިލަށް ޙާޟިރުވެ ސިޓީއަކުން އަގު ހުށަހެޅުއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
ހުށަހަޅާ އަގު އޮންނަންވާނީ ސިޓީ އުރާގައި ރަގަޅަށް ބަންދުކުރެވިފައި ކަމަށާއި ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި މިކަމަށް ފުރުޞަތު ހުޅުވާލައި ކައުންސިލުން ކުރި އިޢުލާން ނަންބަރާއި " 5 ގަސް ބަނބުކެޔޮ ކުއްޔަށް ހިފުމަށް އެދި "މިހެން ލިޔެފައި އޮންނަންވާނެ ކަމުގައި އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!