މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
293 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ހަނިމާދޫ ލީގު: ރިއަލް ސްޓާސްއާއި ޔުނީފޯމް ފެށުން ރަނގަޅުކޮށްފި
Thiladhunmathi News

ހަނިމާދޫ ލީގު: ރިއަލް ސްޓާސްއާއި ޔުނީފޯމް ފެށުން ރަނގަޅުކޮށްފި

މިހާރު ހަނިމާދޫގައި ކުރިއަށްދާ “ހަނިމާދޫ ލީގު 2023” ފުޓްބޯޅަ މުބާރާތުގައި ރިއަލް ސްޓާސް އަދި ޔުނީފޯމް ވެސް އެ ޓީމްތައް ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގައި އިއްޔެ ހަވީރު ރިއަލް ސްޓާސްއާއި ފަލްކަން ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ރިއަލް ސްޓާސްއެވެ. މި މެޗުގައި ރިއަލް ސްޓާސްއަށް ލަނޑުތައް ޖަހައިދީފައި މުޙައްމަދު އަލީ، ޒަމާއު އަދި އާދަމް އިބްރާހީމެވެ. ފަލްކަން އަށް ލަނޑު ޖަހައިދީފައި ވަނީ ސަލްވާން […]

ރޮނާލްޑޯގެ ފުރަތަމަ ލަނޑުން އަލްނަސްރު ބަލިނުވެ ސަލާމަތްވެއްޖެ
Sports

ރޮނާލްޑޯގެ ފުރަތަމަ ލަނޑުން އަލްނަސްރު ބަލިނުވެ ސަލާމަތްވެއްޖެ

ސައުދީ ޕްރޯ ލީގުގައި މިރޭ އަލްފަތުހާއި އަލްނަސްރު ބައްދަލުކުރި މެޗުން، އަލްނަސްރު ބަލިވާން ދަނިކޮށް ފަހުވަގުތު ރޮނާލްޑޯ ލަނޑުޖަހައި އެ ޓީމް ބަލިން ސަލާމަތް ކޮށްދީފިއެވެ. މިރޭ އަލްފަތުހުގެ ދަނޑުގައ ކުޅުނު މެޗު ނިމިގެން ގޮސްފައި ވަނީ 2-2 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ އަލްފަތުހުންނެވެ. މި ލަނޑު 12 ވަނަ މިނެޓުގައި އަލްނަސްރުގެ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ކާމިޔާބު ކޮށްދީފައި ވަނީ […]

ކުޅުދުއްފުށީ އަންހެނުންގެ ކޮމެޓީގެ ފަރާތުންދޭ ''ކަމަނަ އެވޯޑު''އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

ކުޅުދުއްފުށީ އަންހެނުންގެ ކޮމެޓީގެ ފަރާތުންދޭ ''ކަމަނަ އެވޯޑު''އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

މި އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން، އެކިއެކި ދާއިރާތަކުން އަންހެނުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުންދޭ ޚާއްސަ އެވޯޑް “ކަމަނަ އެވޯޑް 2023” އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި އެވޯޑަކީ މި އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން، ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުންކުރާ މަސައްކަތްތަކާއި ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މ...

އެމްބާޕޭއަށް އަނިޔާވެ ތިން ހަފްތާއަށް ކުޅުމާއި ދުރަށް
Sports

އެމްބާޕޭއަށް އަނިޔާވެ ތިން ހަފްތާއަށް ކުޅުމާއި ދުރަށް

ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެމްބާޕޭއަށް އަނިޔާވެ ތިން ހަފްތާއަށް ކުޅުމާއި ދުރަށް ދާނެ ޖެހިއްޖެއެވެ. އެމްބާޕޭގެ ފަލަމަސްގަނޑަށް އަނިޔާވެފައި ވަނީ ބުދަދުވަހުގެ ރޭ ފްރާންސް ލީގުގައި ޕީއެސްޖީއާއި މޮންޓެޕިއޭ ބައްދަލުކުރި މެޗުގައެވެ. އަނިޔާވުމުގެ ސަބަބުން އޭނާ ވަނީ އެ މެޗުގެ 20 ވަނަ މިނެޓުގައި ބަދަލު ކޮށްފައެވެ. އެމްބާޕޭއަށް މި މުއްދަތުގައި މުހިންމު ތިން މެޗެއްގައި ނުކުޅެވޭނެއެވެ. އެއީ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ޕީއެސްޖީއާއި ބަޔާން މިއުނިކް ބައްދަލުކުރާ ފުރަތަމަ ލެގުގެ […...

ވެލެންސިއާ ބަލިކޮށް ރެއާލުން ފަރަގު ކުޑަކޮށްފި
Sports

ވެލެންސިއާ ބަލިކޮށް ރެއާލުން ފަރަގު ކުޑަކޮށްފި

ސްޕެނިޝް ލަލީގާގައި ރޭ ވެލެންސިއާއާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު، ރެއާލުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބާސާއާއި ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ. ރޭ ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވިނަމަވެސް ރެއާލުން ވަނީ ރަނގަޅު ހަމަލާތަކެއް ފޮނުވާލާފައެވެ. މިގޮތުން މެޗު ފެށިތާ ތިންމިނެޓްގެ ތެރޭ މޮޑްރިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އެސެންސިއޯއަށް […]

ވަރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
Sports

ވަރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ ސެންޓަ ޑިފެންޑަރ ރަފޭލް ވަރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ. އުމުރުން 29 އަހަރުގައި ވަރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރިއިރު، އޭނާ ފްރާންސް ޓީމާއިއެކު ހޯދާފައިވާ އެންމެ ފާހަގަ ކޮށްލެވޭ ކާމިޔާބަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމެވެ. ވަރާން ފްރާންސް ގައުމީ ޓީމަށް ކުޅެން ފަށާފައި ވަނީ 2013 ވަނަ އަހަރުއެވެ. އޭނާ ވަނީ ގައުމީ ޖޯޒީގައި ޖުމްލަ […]

ކޮޅެއް މެދެއް ނުފެނުނު ނައިވާދޫ ފުޓްބޯޅަ ދަނޑުގެ މައްސަލަ
Thiladhunmathi News

ކޮޅެއް މެދެއް ނުފެނުނު ނައިވާދޫ ފުޓްބޯޅަ ދަނޑުގެ މައްސަލަ

ދިވެރާއްޖެއަށް ޕާޓީ ސިސްޓަމް އުފެދި ޕާޓީތައް ވާދަކުރާ ގިނަ އިންތިހާބުތަކެއް ފާއިތުވި ފަނަރަވަރަކަށް އަހަރު ބޭއްވިގެން ގޮސްފައިވާއިރު، އެ ކޮންމެ އިންތިހާބެއްގެ ކެމްޕެއިންގައި ހދ. ނައިވާދޫއަށް ވަޑައިގެން އިދިކޮޅުންނާއި އެއްކޮޅުން އެންމެ ގިނައިންވީ ވަޢުދަކީ އެ ރަށުގައި ޒުވާނުން ކުޅުމަށް އެކަށޭނަ ޒަމާނީ ފުޓްބޯޅަ ދަނޑެއް އަޅުއްވައި ދެއްވާނެ ކަމަށް ވީ ވަޢުދެވެ. މި ވަޢުދު ވުމުގައި ރައީސް މުޙައްމަދު ނަޝީދެއް، ރައީސް ޑޮކްޓަރ މުޙައްމަދު ވަހީދެއް، ރައީސް އަބްދުﷲ ޔާމީނެއް، އަދި ރައީސް އިބްރާހީމް މުޙައްމަދު...

ފިއްލަދޫގައި ޤިރާއަތު ލެވެލް 1 އަދި 2 ގެ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ފިއްލަދޫގައި ޤިރާއަތު ލެވެލް 1 އަދި 2 ގެ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް އެ ކައުންސިލް އިދާރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ޤިރާޔަތު ލެވެލް 1 ، 2 ގެ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު ގެދަށުން މި...

ބަޔާން ޖަރުމަނު ކަޕްގެ ކުއާޓާއަށް
Sports

ބަޔާން ޖަރުމަނު ކަޕްގެ ކުއާޓާއަށް

ޖަރުމަނު ކަޕްގެ ގަދަ ސޯޅައިގެ ބުރުގައި ރޭ ބަޔާން މިއުނިކާއި މައިންޒް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ބަޔާން ޖާގަ ހޯދައިފިއެވެ.  މައިންޒްގެ ދަނޑުގައި ކުޅުނު މި މެޗު ބަޔާނުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއިންނެވެ. ޖަނަވަރީ ޓްރާންސްފާގެ ފަހު ދުވަހު ލޯން އެއްބަސްވުމެއްގެ ދަށުން ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީން ބަޔާން މިއުނިކާއި ގުޅުނު ޕޯޗުގަލްގެ ޑިފެންޑަރ ކެންސެލޯ ވަނީ މި މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ. މި […]

ލީގު ކަޕް: ފައިނަލުގައި ޔުނައިޓެޑާއި ނިއުކާސަލް
Sports

ލީގު ކަޕް: ފައިނަލުގައި ޔުނައިޓެޑާއި ނިއުކާސަލް

އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލުގައި ނޮޓިންހަމް ފޮރެސްޓް ބަލިކޮށް މުބާރާތުގެ ފައިނަލުން މެންޗެސްޓާ ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ. ލީގު ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މި ދެ ޓީމް ފޮރެސްޓް ދަނޑުގައި ބައްދަލު ކޮށްފައިވާއިރު އެ މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ޔުނައިޓެޑުންނެވެ. ރޭ ދެވަނަ ލެގު ޔުނައިޓެޑްގެ ދަނޑުގައި ކުޅެފައިވާއިރު މި މެޗު ޔުނައިޓެޑުން ވަނީ 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައެވެ. ވުމާއިއެކު ޔުނައިޓެޑަށް ފައިނަލުން ޖާގަ […]

ޕީއެސްޖީ މޮޅުވިއިރު އެމްބާޕޭއަށް އަނިޔާވެއްޖެ
Sports

ޕީއެސްޖީ މޮޅުވިއިރު އެމްބާޕޭއަށް އަނިޔާވެއްޖެ

ފްރާންސް ލީގުގައި ރޭ ޕީއެސްޖީއާއި މޮންޓެޕިއޭ ބައްދަލުކުރި މެޗު ޕީއެސްޖީން ކާމިޔާބުކުރި އިރު އެ ޓީމްގެ ތަރި އެމްބާޕޭއަށް އަނިޔާ ވެއްޖެއެވެ. ރޭ މޮންޓެޕިއޭގެ ދަނޑުގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. މި މެޗުގެ ހަތްވަނަ މިނެޓުގައި މޮންޓެޕިއޭގެ އޭރިއާތެރެއިން ސާޖިއޯ ރާމޯސްއަށް ކުރި ފައުލަކާއި ގުޅިގެން ޕީއެސްޖީއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ އެމްބާޕޭ ފޮނުވާލިއިރު މޮންޓެޕިއޭގެ ކީޕަރު ވަނީ މަތަކޮށްފައެވެ. ނަމަވެސް އެ ޕެނަލްޓީ ފޮނުވާލުމުގެ […]

ބެޓިސް ބަލިކޮށް ބާސާ ލީޑު ފުޅާކޮށްފި
Sports

ބެޓިސް ބަލިކޮށް ބާސާ ލީޑު ފުޅާކޮށްފި

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބާސާއިން ލީޑު ފުޅާ ކޮށްފިއެވެ. ރޭ ބެޓިސްގެ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ޑިޔޮން ބެޓިސްގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ރަފީނިއާ ބޮލުންޖަހައި ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު އެ ބޯޅަ ލިބުނު އިރު ރަފީނިއާ […]

ބާރަށުގެ އެކި ސަރަހައްދުތަކުގައި ދީނީ މެސެޖް ފޯރުކޮށްދޭ ޝިއާރު ބޯޑުތައް ހަރުކޮށްފި
Thiladhunmathi News

ބާރަށުގެ އެކި ސަރަހައްދުތަކުގައި ދީނީ މެސެޖް ފޯރުކޮށްދޭ ޝިއާރު ބޯޑުތައް ހަރުކޮށްފި

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުން އިސްނަގައިގެން އެ ރަށުގެ އެކި ސަރަހައްދުތަކުގައި ދީނީ މެސެޖް ފޯރުކޮށްދޭ ޝިއާރު ބޯޑުތައް ހަރުކޮށްފިއެވެ. ކައުންސިލު ޚަރަދުގައި ބޯޑު ހަދައި، ބާރަށުގެ 20 ސަރަހައްދެއްގައި މި ބޯޑުތައް ވަނީ ހަރުކޮށްފައެވެ. މި ބޯޑުތައް ހަރުކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ބާރަށު ފެނަކަ ބްރާންޗްގެ މުވައްޒަފުންނެވެ. މިކަމާއި ގުޅޭގޮތިން “ތިލަދުން” އާއި ވާހަކަފުޅު ދައްކަވަމުން ބާރަށު ކައުންސިލުގެ ރައީސް ޞައްފަތު މުޙައްމަދު ވިދާޅުވެފައި ވަނީ ރަށުގެ އެކި ސަރަހ...

އިހަވަންދޫ ކައުންސިލަށް މުވައްޒަފުން ނެގުމުގެ ބާރު އަތުލައިފި
Thiladhunmathi News

އިހަވަންދޫ ކައުންސިލަށް މުވައްޒަފުން ނެގުމުގެ ބާރު އަތުލައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ އެންމެހާ ކަންކަން ސިވިލްސާވިސް ކޮމިޝަނުން ކުރިއަށް ގެންދަން ނިންމާފައިވާކަން އެ ކޮމިޝަނުން އިހަވަންދޫ ކައުންސިލަށް އަންގައިފިއެވެ. ސިވިލްސާވިސް ކޮމިޝަނުން މިކަން އިހަވަންދޫ ކައުންސިލަށް އަންގާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު ފޮނުވި ސިޓީއެއް މެދުވެރިކޮށެވެ. އެ ސިޓީގައި ވަނީ ސިވިލަސާވިސްގެ ގާނޫނުގެ ދަށުން އެކަށައަޅާފައިވާ މުޅި ސިވިލްސާވިސްގެ ނިޒާމުގެ މަޤުޞަދަކީ އިސްތިސްނާ ކުރެވިފައިވާ ފަރާތްތައް ފިޔަވައި ދައުލަތުގެ އި...

ސަބިޓްޒާ ލޯނު އެއްބަސްވުމެއްގެ ދަށުން ޔުނައިޓެޑަށް
Sports

ސަބިޓްޒާ ލޯނު އެއްބަސްވުމެއްގެ ދަށުން ޔުނައިޓެޑަށް

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ އޮސްޓްރިއާގެ މިޑްފީލްޑަރ މާސެލް ސަބިޓްޒާ ލޯނު އެއްބަސްވުމެއްގެ ދަށުން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ. އުމުރުން 28 އަހަރުގެ ސަބިޓްޒާ ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަންގެ ނިޔަލަށް ޔުނައިޓެޑަށް ގެނެސްފައި މި ވަނީ އެ ޓީމްގެ މިޑްފީލްޑްގައި މުހިންމު ދައުރެއް އަދާކުރަމުން އައި ކްރިސްޓިއަން އެރިކްޝަންއަށް އަނިޔާވެ ދެ މަސްދުވަހަށް ވުރެ ދިގު މުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ކަން ޔަގީންވެ އެ މަގާމަށް ކުޅޭ ކުޅުންތެރިން މަދުވުމާއި […]