ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެމްބާޕޭއަށް އަނިޔާވެ ތިން ހަފްތާއަށް ކުޅުމާއި ދުރަށް ދާނެ ޖެހިއްޖެއެވެ.

އެމްބާޕޭގެ ފަލަމަސްގަނޑަށް އަނިޔާވެފައި ވަނީ ބުދަދުވަހުގެ ރޭ ފްރާންސް ލީގުގައި ޕީއެސްޖީއާއި މޮންޓެޕިއޭ ބައްދަލުކުރި މެޗުގައެވެ. އަނިޔާވުމުގެ ސަބަބުން އޭނާ ވަނީ އެ މެޗުގެ 20 ވަނަ މިނެޓުގައި ބަދަލު ކޮށްފައެވެ.

Ad
rt

އެމްބާޕޭއަށް މި މުއްދަތުގައި މުހިންމު ތިން މެޗެއްގައި ނުކުޅެވޭނެއެވެ. އެއީ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ޕީއެސްޖީއާއި ބަޔާން މިއުނިކް ބައްދަލުކުރާ ފުރަތަމަ ލެގުގެ މެޗާއި، ފްރާންސް ކަޕްގައި މާސޭއާއި ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ލީގުގައި މޮނާކޯއާއި ދެކޮޅަށް ކުޅޭ މެޗެވެ.

މި ސީޒަންގައި އެމްބާޕޭ ޕީއެސްޖީއަށް ކުޅެދިން 26 މެޗުގައި އޭނާ ވަނީ 25 ލަނޑު ޖަހާފައެވެ.