Skip to main content

އަޙްމަދު ސާލިމް

Contributor
🇲🇻 ތިލަދުން Desk
23 Stories
1 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ސާލިމް

ބޮޑުތަކުރުފާނަށް އިލްހާމުކުރެއްވުމާއި އެ ތަކުރުފާނުން ނެރުއްވުން!
Thiladhunmathi News

ބޮޑުތަކުރުފާނަށް އިލްހާމުކުރެއްވުމާއި އެ ތަކުރުފާނުން ނެރުއްވުން!

މިހުންނެވީ ދިވެހި އުންމަތުގެ ޚާލިދު ބުން ވަލީދެވެ. މިއީ ދިވެހި ޤައުމުގެ ޞަލާޙުއްދީނުލް އައްޔޫބީއެވެ. މިއީ ދިވެހި ޖަޒީރާގެ ޠާރިޤު ބިން ޒިޔާދެވެ. ދިވެހިރާއްޖޭގެ ބޮޑުގަނޑުވަރުގައި ތައުޙީދުގެ ވޮށް ދިއްލީއްސުރެ، ދިވެހި ތާރީޚުގެ އެންމެ އަގުހުރި ސަފުހާ ލިޔުއްވި ދިވެއްސެވެ. ތިލަދުންމަތީ އުތީމު ކަޅު ޢަލީ ޚަޠީބު ތަކުރުފާނުގެ ޙުސައިން ޚަޠީބު ތަކުރުފާނުގެ މުޙައްމަދު ޚަޠީބު ތަކުރުފާނެވެ. މިއީ ދިވެހިރާއްޖޭގެ ބޮޑުތަކުރުފާނެވެ. އަލިރަސްގެފާނު ޝަހީދުކޮށް، ނަޞާރާ ޕޯޗުގީޒުން ދިވެހިރާއްޖެ ހިފީ ހިޖުރައިން 965 ވަނަ އ...

ރައީސްގެ ޢާއިލާއާ ގުޅޭ 100 ޙައްޖު ކުރީގެ ހަނދާންތަކެއް
Column

ރައީސްގެ ޢާއިލާއާ ގުޅޭ 100 ޙައްޖު ކުރީގެ ހަނދާންތަކެއް

އަހަރަކީ 1346ހ. އެވެ. ހިޖުރީ ގޮތުން މީގެ 100 އަހަރު ކުރިއެވެ. މި ވާހަކައިގެ މަސްދަރަކީ ޞަލާޙުއްދީން ލިޔުއްވި “ދިވެހީންގެ ސަފަރުނާމައޭ ޙިޖާޒު” އެވެ. އަދި ބޮޑުބަނޑޭރިގެއިން ތިލަދުންމަތީ އަތޮޅުގެއަަށް 16 ރަބީޢުލްއައްވަލު 1347 ގައި ފޮނުއްވި ސިޓީއާއި، ރައީސްގެ ޢާއިލާގެ ބައެއް ބޭފުޅުން އަަޅުގަނޑަށް ދެއްވާފައިވާ މައުލޫމާތެވެ. ޞަލާޙުއްދީން ލިޔުއްވާ ގޮތުގައި، “މާލެއިން ޙައްޖަށްދާން އަމުރުފުޅު ލިބުނީމާ، ޙައްޖަށް އަންނާން ރާއްޖޭގެ ތެރެއިން އުޅެގަތް މީހުން ގިނަކަމުން އެކަކު އެކަނީން މިއެންމެނާއިގެން ދިއުން...

ހުޅުދުއްފާރު އަލުން އާބާދުވުން
Column

ހުޅުދުއްފާރު އަލުން އާބާދުވުން

މާޅޮސްމަޑުލު ހުޅުދުއްފާރަކީ މާ އިހުޒަމާނެއްގައި މީހުން ދިރިއުޅެ ފަޅުވެފައި އޮތް ރަށެއްކަމަށް ތާރީޚީ ހެކިތަކުގެ މައްޗަށް ބިނާކުރާއިރު ފެނެއެވެ. ހުޅުދުއްފާރުގައި ރަސްމީކޮށް އަލުން މީހުން ދިރިއުޅެން ފެށިތާ މި އަހަރު 30 އަހަރު ފުރިއްޖެއެވެ. ހުޅުދުއްފާރަށް ބަދަލުކުރެއްވީ މާޅޮސްމަޑުލު ގާއުނޑޫދޫ މީހުންނާއި އެ އަތޮޅު އުނގުލު މީހުންނެވެ. ހުޅުދުއްފާރަކީ މީހުން ދިރިއުޅޭ ރަށެއްކަމަށް ހަމަޖައްސަވައި، އެކަން ރަސްމީކޮށް އިޢުލާނުކުރެއްވީ 13 މާޗު 1995 ގައި ރައީސުލްޖުމްހޫރިއްޔާ އެ ރަށަކަށް ކުރެއްވި ދަތުރުފުޅުގައެ...

ލެއިން ލިޔެވުނު ދިވެހި ތާރީޚު - 1
Thiladhunmathi News

ލެއިން ލިޔެވުނު ދިވެހި ތާރީޚު - 1

ދިވެހި ތާރީޚަކީ ދިވެހި ކާބަފައިންގެ ލެއިން ލިޔެފައިވާ އެއްޗެކެވެ. ދުނިޔޭގެ ދައުލަތްތަކާއި ޤައުމުތަކުގެ ތާރީޚު އަބަދުވެސް ލިޔެވެނީ ލެއިންނެވެ. މިވަގުތު މި ގެނެސްދެނީ، ލެއިން ލިޔެވުނު ދިވެހި ތާރީޚުގެ ދެތިން މަންޒަރެކެވެ. މާތް ﷲ، އަނިޔާލިބިގެންވާ ދިވެހި ޤައުމަށް އޯގާވެރިވެވޮޑިގެންފިއެވެ. ދިވެހިރާއްޖޭގައިވާ ކާފަރު ޕޯޗުގީޒު ދައުލަތުގެ ގަދަފަދަކަން ނިކަމެތިކުރައްވައި، ހަލާކުކުރައްވައި، އިސްލާމީ ދިވެހިރާއްޖެ އަލުން އިޢާދަކުރެއްވުމަށް ތިލަދުންމަތީ އުތީމު ޙުސައިން ޚަޠީބު ތަކުރުފާނުގެ މުޙައްމަދު ޚަޠީބާއި،...

ރާއްޖޭގެ އެންމެ ބޮޑު އާސާރީ ގަބުރުސްތާނު ތަކަންދޫގައި: ދުނިޔޭގެ ހިރިގަލު މަހާނައިގެ އެންމެ ބޮޑު ގަބުރުސްތާނު
Thiladhunmathi News

ރާއްޖޭގެ އެންމެ ބޮޑު އާސާރީ ގަބުރުސްތާނު ތަކަންދޫގައި: ދުނިޔޭގެ ހިރިގަލު މަހާނައިގެ އެންމެ ބޮޑު ގަބުރުސްތާނު

ދިވެހިރާއްޖޭގެ އައްޑޫ މީދޫ ކޯގަންނު ގަބުރުސްތާނަކީ ބިމުގެ ގޮތުން ދިވެހިރާއްޖޭގެ އެންމެ ބޮޑު އާސާރީ ގަބުރުސްތާނެވެ. އަދި ދިވެހިރާއްޖޭގައި މިހާރު ފެންނާން އޮތް އެންމެ ޤަދީމީ އެއް ގަބުރުސްތާނެވެ. ކޯގަންނު ގަބުރުސްތާނުގައި 1535 މަހާނަ (މަހާނަގާ) ހުރި ކަމަށް ރިކޯޑުކުރެވިފައިވެއެވެ. ކޯގަންނު ގަބުރުސްތާނުގެ ބޮޑުކަމާއި، ދޮށިކަމާއި، ތާރީޚީ ގޮތުން އެތަނަށް ލިބިގެންވާ ޚާއްޞަ އެތައް ސަބަބަކާ ހުރެ އެ ގަބުރުސްތާނަކީ ސަގާފީ ތަރިކައިގެ ގޮތުން ދިވެހިރާއްޖޭގެ އެންމެ މުއްސަނދި އެއް ގަބުރުސްތާނެވެ. ދިވެހިރާއްޖޭގެ ޤ...

ދިވެހި ތާރީޚު: ކޭލަކުނު ފަޅުވުމާއި ޤައުމުގެ އަދުގެ ހާލަތު!
Thiladhunmathi News

ދިވެހި ތާރީޚު: ކޭލަކުނު ފަޅުވުމާއި ޤައުމުގެ އަދުގެ ހާލަތު!

ކޭލަކުނު ތާރީޚީ ދިރާސާގެ ފުރަތަމަބައި ވާނީ ފައިބެއަހަރު  ޑިސެންބަރު 9 ގައި ޝާއިޢުކުރެވިފައެވެ. އަދި މި ދިރާސާގެ މައްޗަށް އެކުލަވައިލެވުނު ތާރީޚީ ވީޑިއޯ ޑޮކިއުމެންޓްރީއެއް ވެސް ވާނީ އެދުވަހު ނެރެވިފައެވެ. ދިރާސާގެ މައުލޫއަކީ “ތާރީޚީ ދިރާސާ: ޢިބްރަތުގެ އިންޒާރަށް ދެ ގަރުނު – ކޭލަކުނާއި އެކޭލަކުނު ތަޅާލި ވިއްސާރަ (1)” މިއެވެ. ކޭލަކުނު ތަޅާލި ވަރުގަދަ ތޫފާނަށް 200 އަހަރާއި 1 އަހަރު މިއަދަށް ފުރޭ ހިނދު ތާރީޚަށްޓަކައި އެ ދިރާސާއާއި ޑޮކިއުމެންޓްރީ އަލުން ހުށަހަޅައިލަމެވެ. ތާރީޚީ […]

އެންމެ ބޮޑު ޠަބީޢީ އަތޮޅުގެ ބަހުސް: ޙަޤީޤަތަކީ ކޮބާ؟
Thiladhunmathi News

އެންމެ ބޮޑު ޠަބީޢީ އަތޮޅުގެ ބަހުސް: ޙަޤީޤަތަކީ ކޮބާ؟

ދިވެހިރާއްޖޭގެ އެންމެ ބޮޑު ޠަބީޢީ އަތޮޅަކާ މެދު ކުރެވޭ ބަހުސަކީ ޝަޢުޤުވެރި، ފޯރިގަދަ ބަހުސެކެވެ. އެއްކޮޅުން ވާދަކުރަނީ މާސިންގާ ބޮޑުތިލަދުންމައްޗެވެ. އަނެއްކޮޅުން ވާދަކުރަނީ ބޮޑުސިންގާ ހުވަދު އަތޮޅެވެ. ރާއްޖޭގެ ދެއަތޮޅެއް ކަމަކު ވާދަކުރަނީ ދުނިޔޭގެ އެންމެ ބޮޑު މުބާރާތުގައެވެ. އެއްވަނައަށް ދާ ބަޔަކަށް މުޅި ދުނިޔެއާއި ރާއްޖޭގެ އެއްވަނަ ލިބޭއިރު ދެވަނައަށް ދާ ބަޔަކަށް ވެސް މުޅި ދުނިޔެއާއި ރާއްޖޭގެ ދެވަނަ ލިބޭނެއެވެ. މި ދެއަތޮޅަށް ވުރެ އަދި މާބޮޑެތި އަތޮޅުތަކެއް ދުނިޔޭގައި އޮތްނަމަވެސް އެއަތޮޅުތަކަކ...

ޞަލާޙުއްދީން ލިޔުއްވި ސިޔަރަތުގެ ރީތި ތާރީޚީ ދިވެހި ބަސްމަގު
Column

ޞަލާޙުއްދީން ލިޔުއްވި ސިޔަރަތުގެ ރީތި ތާރީޚީ ދިވެހި ބަސްމަގު

ޙަމްޒަތުގެފާނާއި ޢަބްދުاللهِ ބިން ޖުދްޢާނު މިނިވަންކުޅަ ޖާރިޔާ އާއިދެމެދު ދެކެވުނު ވާހަކަތައް ފަޟީލަތުއް ޝައިޚް ޙުސައިން ޞަލާޙުއްދީން ރަޙިމަހުﷲ ލިޔުއްވި “ކީރިތި ރަސޫލާގެ ސިޔަރަތު” ފޮތަކީ، ދިވެހީން މޮށެއުޅުނު ރީތި ބަސްމަގެއްގެ އާދަޔާ ޚިލާފު ތާރީޚީ ބަޔާނެއްވެސް މެއެވެ. މިފޮތް ލިޔުއްވައި ނިންމެވިތާ މިއަހަރަށް 87 އަހަރު ފުރޭ އިރު، އަޅުގަނޑުމެންގެ ޅައިރުގައި ތިބި އަޅުގަނޑުމެންގެ މުސްކުޅި ކާފައިންނާއި، މާމައިންނާއި، ބޭބެއިންނާއި، ދައިތައިން، އެބައިމީހުންގެ އާންމު ދިރިއުޅުމުގައި މިކަހަލަ ރީތި، ސާދާ ބަސ...

ތާރީޚީ ދިރާސާ: ޢިބްރަތުގެ އިންޒާރަށް ދެ ގަރުނު - ކޭލަކުނާއި އެކޭލަކުނު ތަޅާލި ވިއްސާރަ (1)
Thiladhunmathi News

ތާރީޚީ ދިރާސާ: ޢިބްރަތުގެ އިންޒާރަށް ދެ ގަރުނު - ކޭލަކުނާއި އެކޭލަކުނު ތަޅާލި ވިއްސާރަ (1)

މި ބޯޖަންގަލީގައި ފޮރުވިފައިވަނީ ކޮންކަމެއްބާއެވެ؟ މާސިންގާ މި ވަލުތެރޭގައި ވަންހަނާ ވެގެން ވަނީ ކޮންއެއްޗެއްބާއެވެ؟ މިތާގައި ވަނީ، ހަމައެކަނި ފަޅުކަމާއި، ހަމަހިމޭންކަމާއި، އެކަނިވެރިކަން ބާއެވެ؟ ނާމާންކަން ބާއެވެ؟ ނޫނެކެވެ. މިތަނުގައި އެވަނީ ޤުދުރަތުގެ އަޖައިބުތަކާއި ތިމާވެށީގެ މުއްސަނދިކަމެވެ. މިތަނާމެދު ނިކަން ވިސްނާލައި، ނަޒަރު ހިންގާލަބަލާށެވެ. މިތަނުގެ މުއްސަނދިކަން ނިކަން ދެކިލަބަލާށެވެ. ސަރާސަރު ބޯޖަންގަލީގެ އެންމެ ފުނަށް ޚިޔާލުތައް ދޫކޮށްލަބަލާށެވެ. އެފެންނަނީ، ދިވެހިރާއްޖޭގެ ތާރީޚާއި ތ...

ވީރާނާވަމުންދާ ދިވެހި އާސާރީ ތަރިކަ: ރީތި ނަލަނަލަ ނަލަންދޫ
Thiladhunmathi News

ވީރާނާވަމުންދާ ދިވެހި އާސާރީ ތަރިކަ: ރީތި ނަލަނަލަ ނަލަންދޫ

މިލަދުންމަޑުލު މިލައުތުރު ރީތި ނަލަނަލަ ނަލަންދޫ އެވެ. ޤުދުރަތީ ޗާލުކަމާއި ތިމާވެށީގެ މުއްސަނދިކަމާއި ރީތިކަމުގެ އަޖައިބު ކުރުވަނިވި ރަށަކީއެވެ. ދިވެހި ޤައުމީ ޖިހާދުގެ މުހިންމު “ސްޓެޓެޖިކް” ބަނދަރަކީއެވެ. ދިވެހި ނިޔަމިކަމާއި، ދަތުރުފަތުރާއި، ތާރީޚުގެ ޚާއްޞަ އާސާރަކީއެވެ. މީގެ 75 ވަރަކަށް އަހަރު ކުރީން، ދިވެހިރާއްޖޭގެ ޤަދީމީ އާސާރާ ބެހޭ ކޮމެޓީގެ ފަރާތުން މަލިން މުހައްމައިދީ (މަލިން މަނިއްޕުޅުގެ މުހައްމައިދީ ނުވަތަ މަލިމް މުޙައްމަދު ދީދީ) ދިވެހިރާއްޖޭގެ މީހުންދިރިއުޅޭ ރަށްރަށާއި މީހުންދިރިނޫޅޭ ރަށ...

ހަނދުން ވެއްޓުނު ދޮލަނގު
Thiladhunmathi News

ހަނދުން ވެއްޓުނު ދޮލަނގު

ތަނަކީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯއެވެ. ދުވަސްވަރަކީ ޖަޕާނު މީހުން ޖައްވުގައި ޓޫރިސްޓު ހޮޓަލެއް އަޅަން އުޅޭކަމުގެ ޚަބަރުތައް ރޭޑިޔޯ މެދުވެރިކޮށް ފެތުރިގެން ދިޔަ ދުވަސްވަރެކެވެ. ޖައްވުގައި 64 ކޮޓަރީގެ ޓޫރިސްޓު ހޮޓަލެއް އަޅައި، އެތަނަށް ޓޫރިސްޓުން ގެންގޮސް ހެދުމަކީ ޖަޕާނުގެ ކޮންސްޓްރަކްޝަން ކޮމްޕެނީ، ޝިމީޒޫގެ ވަރަށް ބޮޑު ތަސައްވަރެކެވެ. ތަނަކީ ދިވެހިރާއްޖޭގެ ތިލަދުންމަތި ތަކަންދޫގެ މާރަންމަގު އަތިރިމައްޗެވެ. އަތިރިމަތި ޖޯލީގައި ތިބި ހަރުފުރައިގެ މީހުންނަކަށް ޖަޕާނު މީހުންގެ މިޚިޔާލެއް ކަމަކު ނުދިޔައެ...

ދިވެހި ތާރީޚު: ކޭލަކުނު ތަޅާލި ވިއްސާރައިގެ ތާރީޚު!
Thiladhunmathi News

ދިވެހި ތާރީޚު: ކޭލަކުނު ތަޅާލި ވިއްސާރައިގެ ތާރީޚު!

ތިލަދުންމަތީ ކުޅުދުއްފުށީ ކުރަހާގޭ ޢަބްދުﷲ އަބޫބަކުރަކީ ކޭލަކުނު ތަޅާލި ވިއްސާރައިގެ ޚަބަރާއި މަޢުލޫމާތު ކާބަފައިންގެ ފަރާތުން ހޯއްދަވައިގެން، އެވާހަކަތައް ފަރިތަކަމާއެކު އަޅުގަނޑުމެންނަށް ވިދާޅުވެދެއްވާ، ވާސިލުކޮށްދެއްވާ އަޅުގަނޑުމެންގެ ތާރީޚު އެދުރެކެވެ. ކޭލަކުނު ތަޅާލި ވިއްސާރައިގައި ކުޅުދުއްފުށި ވަރަށް ބޮޑަށް ހަލާކުވުމުން، އަލުން ކުޅުދުއްފުށި އާބާދުވީ ގޮތުގެ ވާހަކަ، ދިވެހި ތާރީޚު ޢިލްމުވެރިޔާ މުޙައްމަދު އިބްރާހީމް ލުޠުފީއަށް ވެސް ކިޔައިދެއްވީ ކުރަހާގޭ ޢަބްދުﷲ އަބޫބަކުރެވެ. މިކަން އަޅުގަނޑު ގ...

ތަކަންދޫ ދަރިކޮޅުގެ ރަސްކަން: ލިބުނު ވެރިކަމާއި، ނުލިބުނު ވެރިކަން (1)
Thiladhunmathi News

ތަކަންދޫ ދަރިކޮޅުގެ ރަސްކަން: ލިބުނު ވެރިކަމާއި، ނުލިބުނު ވެރިކަން (1)

ތިލަދުންމަތީ ތަކަންދުއަކީ ވަރަށް ގިނަ ދިވެހި ރަސްރަސްކަލުންގެ މަތިކޮޅު ގުޅިފައިވާ ރަށެކެވެ. މިގޮތުން، އަލްޣާޒީ ބޮޑުރަސްގެފާނެވެ. އަދި އަލްޣާޒީ ބޮޑު އިސްކަންދަރު ރަސްގެފާނެވެ. އަދި ކުޑަމުޙައްމަދު ރަސްގެފާނެވެ. އަދި އަލްޣާޒީ ޣިޔާޘުއްދީން ރަސްގެފާނެވެ. ތަކަންދުއަކީ ރަނިރަނިބޭކަނބަލުން ނިސްބަތްވެ ވަޑައިގަންނަވާ ވެސް ރަށެކެވެ. މިގޮތުން، ދިޔަމިނގިލީ އިބްރާހީމް ރަސްގެފާނުންގެ މުޅި ދަރިފަސްކޮޅުގެ މައިކަމަނާ ތަކަންދޫ ޢާއިޝާ މަނިކުފާނެއެވެ. އަދި ދިޔަމިނގިލީ މުކައްރަމް މުޙައްމަދު ޢިމާދުއްދީން ރަސްގެފާނުންގ...

ސައިކުރާ ކިޔުނު ގޮތް
Report

ސައިކުރާ ކިޔުނު ގޮތް

ކޯރެއްގެ ސާޙިލެއްގައި ހަނދުއޮއްސެމުން އެދިޔައިރު ރޮއިރޮއި އެއިން ޒުވާނެއް ޢިބްރަތުގެ ދަރުސަކަށްވީ ފުރަތަމަވެސް  ޚިޔާލަށް ގެނެވުނީ “ޔަމަނުގެ މަޢްޞޫމާ” ގެ  މިބައިތެވެ. ޅެން ހެއްދެވީ ސައިކުރާ އިބްރާހީމް ނަޢީމެވެ. ސައިކުރާ އަކީ މާލޭގެ މަޝްހޫރު އާއިލީ ނަމެކެވެ. މިއާއިލާއަށް ސައިކުރާގެ ނަން ވަދެފައިވާ ކަމަށް ލަފާކުރެވެނީ މީގެ ދޮޅު ގަރުނެއްހައި ދުވަސް ކުރީންނެވެ. ސައިކުރާ އިބްރާހީމް ނަޢީމުގެ މުނިކާފަ އަހަންމަދުފުޅާ ހިސާބުންނެވެ. މިހެންވެސް ލަފާކޮށްލާން މިޖެހުނީ ސައިކުރާ އިބްރާހީމް ނަޢީމުގެ ބައްޕަ ސައިކ...

Column

ދިވެހި ތާރީޚުގެ ތެރެއިން ދިވެހި ރައްޔިތުކަން ދެއްވުނު 3 މީހެއް

ދިވެހި ރައްޔިތަކަށް ވުމަކީ ނުވަތަ ދިވެހި ރައްޔިތުކަން ދެއްވުމަކީ ޒަމާނުއްސުރެ އޮންނަ ކަމެކެވެ. މިކަން ބިނާވެފައި އޮންނަނީ ދީނީ، ސަގާފީ އުސޫލުތަކެއްގެ މައްޗަށެވެ. މި މަޒުމޫނުގައި މިނަންގަނެލަނީ މީގެ 85 ވަރަކަށް އަހަރު ކުރީގައި ދިވެހި ރައްޔިތުކަން ދެއްވުނު 3 މީހެއްގެ ވާހަކަ އެވެ. މިވާހަކަތައް ރެކޯޑު ކުރެވިފައި ވަނީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގައިވާ ދިވެހިރައްޔިތުކަން ދެއްވޭ މީހުންގެ މަޢުލޫމާތު ލިޔެފައިވާ ފޮތުގައެވެ. 1) މުޙައްމަދު ޢަލީ އޮޅުދޫކަރައިގެ ގާލީގެ ހިރިމުރޭ ކިޔާ އަވަށުގެ ކާސިލަމަރައްކާރ...