ލަންކާގައި ކުއްލި ހާލަތު އިއުލާނުކޮށްފި
ހާލަތު ގޯސްވެ ސަރުކާރާއި ދެކޮޅަށް އެތައް ހާސް ބަޔަކު މަގުތަކަށް ނިކުމެފައި ވަނިކޮށް، އަވަށްޓެރި ސްރީލަންކާގައި ކުއްލި ހާލަތު އިއުލާނުކޮށްފި އެވެ. އެ ޤައުމުގެ ބައެއް މީޑިއާތަކުންނާއި، ބޭރު ބައެއް އެހެން މީޑިއާތަކުގައި ވެސް ބުނެފައިވާ ގޮތުން މުޅި ލަންކާގައި މިހާރު ކުއްލި ހާލަތު އިއުލާނު ކޮށްފައެވެ. އެ ޤައުމުގައި ކުއްލި ހާލަތު އިއުލާން ކުރެއްވުމަށްފަހު ހަމަނުޖެހުން އުފައްދާ މީހުން އުފުލާ ވެހިކަލްތައް ހުއްޓުވައި، ސަލާމަތީބާރުތަކުގެ ބެލުމުގެ ދަށަށް ގެންނަން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ ސަލާމ...