ހަބޭސް ބޮޑުބެރު ގުރޫޕްގެ ފޯރިގަދަ ސޯއެއް މިރޭ ހއ. ބާރަށުގައި ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރިތައް ވަމުން އެބަދެއެވެ.

މިއީ ބާރަށު އުތުރު ޒުވާނުންނާއި އެރަށު ރެހެންދި މޫވްމެންޓް ގުލިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

Ad
rt

މިޝޯ ބަލާލުމަށް ހއ. އަތޮޅު ގިނަ ރަށްރަށަކުން މީހުން އެރަށަށް ވަނީ ޒިޔާރަތްކޮށްފަ އެވެ. ޝޯ ފެށޭނީ މިރޭ 08:45 ގަ އެވެ.

ހަބޭސް ބޮޑުބެރު ގުރޫޕްއަށް އެރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

މިއަހަރު ވެސް ބާރަށުގައި އަންނަނީ ވަރަށް ފޯރިއާއި އެކު އީދު ފާހަގަ ކުރަމުންނެވެ. ޢީދުގެ ޙަރަކާތްތަކުގެ ތެރެއިން ފެންކުޅިއާ ބާރަށުގައި އަލަށް ނެރޭ މަށިމާއްޔާއި ބައިބަލާ މުބާރާތާއި މަސް ރޭހާއި ތިންމުގޯއްޔާއި އަންހެނުން ބަށިމެޗެއް ގައި ފިރިހެނުން ވާދަކުރުމާއި ބައިސްކަލު މުބާރާތާއި ކުޑަކުދިންގެ ހަވީރުވެސް ކުރިއަށް ދާނެއެވެ.