މިނިވަން 60ގެ ލޯގޯ ފަރުމާކޮށްގެން އެއްވަނައަށް ހޮވުނު ފަރުހާދަށް އިނާމު ހަވާލުކޮށްފި
ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރުމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި، އެންމެ ރަނގަޅު ކަމަށް ހޮވުނު ލޯގޯގެ ފަރުމާވެރިޔާ، ހދ. ނޭކުރެންދޫ، ވާރޭވިލާ ފަރުހާދު އިބްރާހީމަށް އިނާމު ހަވާލުކޮށްފި އެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި އިއްޔެ ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، 30,000 ރުފިޔާގެ ފައިސާގެ އިނާމު ފަރުހާދާ ހަވާލުކޮށްދެއްވީ އެ ވުޒާރާގެ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ. އަދި މި ބައްދަލުވުމުގައި ވަޒީރު ވަނީ ފަރުހާދަށް މަރުހ...