މިހާރު މެންބަރުން އެންމެ ގިނައީ ވެރިކަން ކުރާ ޕީއެންސީގައި
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިވަގުތު ރާއްޖޭގައި މެންބަރުން އެންމެ ގިނަ ސިޔާސީ ޕާޓީއަކަށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ވެއްޖެ އެވެ. ޕީއެންސީގައި މިވަގުތު 68،665 މެންބަރުން ތިބިއިރު، ދެވަނައަށް އެންމެ ގިނަ މެންބަރުން ތިބި ޕާޓީއަކީ 43،765 މެންބަރުންނާއެކު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ. ޖުމްހޫރީ ޕާޓީގައި 13،456 މެންބަރުން ތިބިއިރު، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގަ...