ސާނަވީ ދަރިވަރުންނަށް އަމާޒުކޮށް "އަޅުގަނޑުގެ ދޭހަފޮތް 2" ނެރެފި
ސާނަވީ ދަރިވަރުންނަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ “އަޅުގަނޑުގެ ދޭހަ ފޮތް 2” މި ނަމުގައި ދޭހައިގެ ޢަމަލީ މަސައްކަތްތައް ހިމަނައިގެން ދޭހައިގެ ފޮތެއް ނެރެފިއެވެ. ޤައުމީ ކުތުބުހާނާގައި މިކަމަށްޓަކައި ބޭއްވި ހަފުލާގައި މި ފޮތް ނެރެދެއްވީ ދިވެހިބަހުގެ އެކަޑަމީގެ ބަސްކޮމެޓީގެ ރައީސް އަދި ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީގެ، ޕްލޭނިން އެޑްވައިޒަރ އަލްފާޟިލް ޙަމްދޫން ހަމީދެވެ. މިފޮތަކީ އެސްއެސްސީ އިމްތިހާނުގައި ދަރިވަރުން އިމްތިހާނުކުރެވޭ އެއްބައިކަމުގައި ދޭހައިގެ ބަޔަކަށް އަމާޒުކޮށް ތައްޔާރުކޮށްފައި...