Skip to main content

އަލީ އާދިލް

Editor
🇲🇻 ތިލަދުން Desk
3,342 Stories
1,663 Reads

Published on ތިލަދުން (Thiladhun) by އަލީ އާދިލް

ނޫސްވެރިކަމުގެ އިނާމަށް 92 ހުށަހެޅުން، މިހާތަނަށް ލިބުނު އެންމެ ގިނަ ހުށަހެޅުން
Raajje

ނޫސްވެރިކަމުގެ އިނާމަށް 92 ހުށަހެޅުން، މިހާތަނަށް ލިބުނު އެންމެ ގިނަ ހުށަހެޅުން

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ މި އަހަރުގެ އިނާމަށް 92 ހުށަހެޅުން ލިބިފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފި އެވެ. މިއީ މި އިނާމަށް މިހާތަނަށް ކުރިމަތިލީ އެންމެ ގިނަ އަދަދުކަން މަޢުލޫމާތު ލިބިފައިވެއެވެ. ނޫސްވެރިންގެ މަސައްކަތް ބަލައިގަނެ، ހިތްވަރު ދިނުމުގެ މަޤްޞަދުގައި ދެމުން އަންނަ މި އިނާމަށް މި އަހަރު 14 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި އެވެ. މީގެ ތެރޭގައި ތަހުގީގީ ނޫސްވެރިކަމާއި، އިޖުތިމާއީ، ސިޔާސީ، ޝަރުއީ އަދި ގާނޫނީ […]

ތިލަދެކުނު ޤުރްއާން މުބާރާތުގެ އެއްވަނަ، ވައިކަރަދޫ ދަރިވަރު އަލްޠާފް
Thiladhunmathi News

ތިލަދެކުނު ޤުރްއާން މުބާރާތުގެ އެއްވަނަ، ވައިކަރަދޫ ދަރިވަރު އަލްޠާފް

ހދ.އަތޮޅު ކައުންސިލް ޤުރުއާން މުބާރާތް ”ތިލަދެކުނު ޤުރްއާން މުބާރާތް 2025” ގެ ދަރިވަރުންގެ ބައިން އެއްވަނަ، ހދ. އަތޮޅު މަދަރުސާގެ ދަރިވަރު އަލްތޯފް މުޙައްމަދު ޝަފީޤު، ކަނބުރު، ހދ. ވައިކަރަދޫ ހޯދައިފި އެވެ. ފުރިހަމަ ތައްޔާރީތަކަކާއިއެކު ހދ. މަކުނުދޫގަ ކުރިއަށް ގެންދިޔަ މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ސަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. މި އަހަރުގެ މުބާރާތުގެ ސްކޫލްބައިން، މުޅި މުބާރާތުން އެއްވަނަ އަށް އިނާމް ހަވާލުކޮށްދެއްވީ މި ރަސްމި...

ތިލަދެކުނު ޤުރުއާން މުބާރާތުގެ ގަދަ ތިން ވަނަ ކުޅުދުއްފުށި ސިޓީއަށް
Thiladhunmathi News

ތިލަދެކުނު ޤުރުއާން މުބާރާތުގެ ގަދަ ތިން ވަނަ ކުޅުދުއްފުށި ސިޓީއަށް

ހދ.އަތޮޅު ކައުންސިލް ޤުރުއާން މުބާރާތް ”ތިލަދެކުނު ޤުރްއާން މުބާރާތް 2025” ގަދަ ތިން ވަނަ ކުޅުދުއްފުށި ސިޓީއަށް ލިބިއްޖެ އެވެ. ފުރިހަމަ ތައްޔާރީތަކަކާއިއެކު ހދ. މަކުނުދޫގަ ކުރިއަށް ގެންދިޔަ މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ސަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. އެއްވަނަ އަށް ހޮވިފައިވަނީ ޖަލާލުއްދީން ސްކޫލް އެވެ. ދެވަނަ އަށް ހދ އަތޮޅު ތައުލީމީ މަރުކަޒު ހޮވިފައިވާއިރު ތިންވަނައަށް ހޮވިފައިވަނީ އަފީފުއްދީން ސްކޫލް އެވެ. މި މުބާރާތުގައި ހދ....

1432 ފުޅި އާއި 299 ދަޅު ބަނގުރާ ނައްތާލައިފި
Raajje

1432 ފުޅި އާއި 299 ދަޅު ބަނގުރާ ނައްތާލައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް އެކި މައްސަލަތަކުގައި ގެނެވިފައިވާ ގިނަ އަދަދެއްގެ ބަނގުރާ މިއަދު ދޫނިދޫގައި ނައްތާލައިފިއެވެ. ފުލުހުން މިއަދު ނައްތާލި ތަކެތީގެ ތެރޭގައި 1432 ފުޅި ބަނގުރަލާއި، 299 ދަޅު ބަނގުރާގެ އިތުރުން އެހެނިހެން 92 އައިޓަމް ހިމެނެއެވެ. މި ތަކެއްޗަކީ ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިހާއި، ހުޅުމާލެ ޕޮލިހުގެ ބެލުމުގެ ދަށަށް އެކި މައްސަލަތަކާ ގުޅިގެން ގެނެވިފައިވާ ތަކެއްޗެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މިއަދު ނައްތާލާފައިވަނީ ފުލުހުންގެ ޚިދުމަތަށް ހުށަހެޅިފައި...

އިސްރާއީލުން "ޖެނޮސައިޑެއް" ހިންގާކަމަށް، ގްރޯކް އިން ބުނުމުން ވަގުތުން ސަސްޕެންޑް
International

އިސްރާއީލުން "ޖެނޮސައިޑެއް" ހިންގާކަމަށް، ގްރޯކް އިން ބުނުމުން ވަގުތުން ސަސްޕެންޑް

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަކީ ޖެނޮސައިޑެއް (ނަސްލުނައްތާލުން) ކަމަށް އެކްސް (ކުރީގެ ޓްވިޓަރ) އޭއައި (xAI) ގެ ޗެޓްބޮޓް ގްރޯކް އިން ބުނުމާއި އެކު ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފި އެވެ. އީލޮން މަސްކްގެ އެކްސްއޭއައި ކުންފުނީގެ ޗެޓްބޮޓް ގްރޯކް، ސަސްޕެންޑް ކޮށްފައިވަނީ 15 މިނެޓް ވަންދެނެވެ. ސަސްޕެންޑް ކުރުމަށްފަހު އެކައުންޓް އަލުން ރީއެކްޓިވޭޓް ކުރެވުނު އިރު، ވެރިފިކޭޝަން ޗެކްމާކް ބަދަލުވެފައިވާކަން ފާހަގަކުރެވުނެވެ. ގްރޯކްގެ އެކައުންޓް ސަސްޕެންޑް ކުރެވުނީ އިޒްރޭލާއި އެމެ...

އިތުރު ހަފުތާއަކަށް މަޖިލީހުގެ ދައުރު ދަންމައިލައިފި
Raajje

އިތުރު ހަފުތާއަކަށް މަޖިލީހުގެ ދައުރު ދަންމައިލައިފި

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރުމަށް ފާސްކޮށްފި އެވެ. މި ގޮތުން މަޖިލީހުގެ ދައުރު އޮގަސްޓް މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވި ހުށަހެޅުއްވުން ވަނީ ފާސްވެފައެވެ. މަޖިލީހުގެ ދައުރު އިތުރުކުރުމަށް ނެގުނު ވޯޓުގައި ފެންނަ ކަމަށް 59 މެންބަރުން ވޯޓު ދެއްވާފައިވާއިރު، ނުފެންނަ ކަމަށް 10 މެންބަރުން ވޯޓު ދެއްވިއެވެ. ދައުރުގެ މުއްދަތު އިތުރުކުރަން ޖެހުނު ސަބަބާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް […]

ޕޮލިސް ޑާޓާ ސެންޓަރުގެ ބިންގާ އަޅައިފި
Raajje

ޕޮލިސް ޑާޓާ ސެންޓަރުގެ ބިންގާ އަޅައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑާޓާ ސެންޓަރުގެ ބިންގާ އަޅައިފިއެވެ. މިއަދު ހުޅުމާލެ ފޭސް 2 ގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ޑާޓާ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސައިބަރ ސެކިއުރިޓީ ހެޑް، ޑރ. މުޙައްމަދު އަލް ކުވައިތީއާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. މި ރަސްމިއްޔާތުގައި ޔޫއޭއީގެ ސައިބަރ ސެކިއުރިޓީ ކައުންސިލުގެ އިސް ބޭފުޅުންނާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް އޮފިސަރުންނާ...

އޮޓޮޕްސީ ހެދުމަށްފަހު މޫސަ ވަޅުލައިފި
Raajje

އޮޓޮޕްސީ ހެދުމަށްފަހު މޫސަ ވަޅުލައިފި

ލ. މާވަށުގައި ހިންގި މާރާމާރީއެއްގައި މަރުވި އެރަށު ނަލަހިޔާ، މޫސާ އިބްރާހީމް (29އ)ގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްފަހު މާލެ ގެނެސް މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާގައި ވަޅުލައިފި އެވެ. މޫސާ އިބްރާހީމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ގެންދިޔައީ މިމަހުގެ ހަވަނަ ދުވަހު އެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރެވުނީ ޖުލައި 28 ވަނަ ދުވަހުގެ ހެނދުނު 10:12 ހާއިރުއެވެ. މޫސާ އިބްރާހީމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައ...

އުރީދޫ އާއި ހަބޭސް ބޮޑުބެރު ގުޅިގެން ހިލޭ ބޮޑުބެރު ކްލާސްތަކެއް ފަށަނީ
Raajje

އުރީދޫ އާއި ހަބޭސް ބޮޑުބެރު ގުޅިގެން ހިލޭ ބޮޑުބެރު ކްލާސްތަކެއް ފަށަނީ

އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ކުންފުނީގެ ބްރޭންޑް އެމްބެސެޑަރު ކަމުގައިވާ މަޝްހޫރު ހަބޭސް ބޮޑުބެރާ ގުޅިގެން 4 ހަފުތާގެ ހާއްސަ ބޮޑުބެރު ކްލާސްތަކެއް ހިންގުމަށް ހަމަޖެހިއްޖެ އެވެ. މި އެކްސްކްލޫސިވް ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ސަގާފަތުގެ މުއްސަނދި ތަރިކައެއް ކަމުގައިވާ ބޮޑުބެރުގެ ވައްޓަފާޅި، ހަބޭސް ބޮޑުބެރުގެ ހުނަރުވެރި އިރުޝާދުގެ ދަށުން ބައިވެރިންނަށް ދަސްކޮށްދިނުމެވެ. މި ކްލާސްތައް ކުރިއަށްދާނީ އޮގަސްޓް 16، 23، 30 އަދި ސެޕްޓެމްބަރު 6 ވަނަ ދުވަހު، […...

ރަށްރަށުގެ އިޤުތިޞާދު ތަރައްޤީކުރުމަށް ފިނޭންސް އާއި ސިޓީސް މިނިސްޓްރީގެ މަޝްވަރާތަކެއް
Raajje

ރަށްރަށުގެ އިޤުތިޞާދު ތަރައްޤީކުރުމަށް ފިނޭންސް އާއި ސިޓީސް މިނިސްޓްރީގެ މަޝްވަރާތަކެއް

ކައުންސިލުތަކުގެ އާމްދަނީ އިތުރުކޮށް، ރަށްރަށުގެ އިޤުތިޞާދު ތަރައްޤީކޮށް ކުރިއެރުވުމާ ގުޅޭ ގޮތުން މުހިންމު މަޝްވަރާތަކެއް މިއަދު ފަށައިފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ފިނޭންސް މިނިސްޓްރީއާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް ގުޅިގެންނެވެ. މި މަޝްވަރާތަކުގައި އެންމެ އިސްކަމެއް ދީފައިވަނީ ކައުންސިލުތަކަށް ބޭންކިންގ ސިސްޓަމްގެ ތެރެއިން ފައިނޭންސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށެވެ. މީގެ އިތުރުން، އަތޮޅު ފިހާރަތަކުން ލިބޭ ކުލި ދެމެހެއްޓެނިވި ގޮތެއް...

ނޯތު ހާބަރުން އިތުރު ފީއެއް ނުނަގާނެ، މަސްދޯނިފަހަރަށް އިތުރު ޖާގަ ލިބޭނެ: އެމްޕީއެލް ސީ.އީ.އޯ
News

ނޯތު ހާބަރުން އިތުރު ފީއެއް ނުނަގާނެ، މަސްދޯނިފަހަރަށް އިތުރު ޖާގަ ލިބޭނެ: އެމްޕީއެލް ސީ.އީ.އޯ

އެމްޕީއެލްގެ ނޯތު ހާބަރުން މިހާރު ނަގަމުންދާ ފީތަކުގެ އިތުރުން އެއްވެސް ފީއެއް ނެގުމަށް ނިންމާފައި ނުވާކަމަށް އެމްޕީއެލްގެ ސީއީއޯ، ޑީސީޕީ ރިޓަޔާޑް މުޙައްމަދު ރިޝްވާން މިއަދު ވިދާޅުވެއްޖެއެވެ. މާލޭގެ ނޯތު ހާބަރުގެ ބާކީ ސަރަހައްދު ބެލެހެއްޓުމުގެ އެންމެހައި ކަންކަން އެމްޕީއެލްގެ ދަށަށް ބަދަލުކޮށް، މަސްމާރުކޭޓް ސަރަހައްދުގައި ބަނދަރުކުރާ އުޅަނދުތަކުން ފީ ނަގަން ފެށުމާ ގުޅިގެން، މަސްދޯނިފަހަރުން ވެސް ފީ ނަގާކަމުގެ އަޑުތައް ފެތުރިފައިވާތީ، އެކަން ސާފުކޮށްދެއްވުމަށް ސީއީއޯ ރިޝްވާން ވަނީ ޓްވިޓަރުގައި މަ...

ހަންގޭރީގެ ޚާރިޖީ ވަޒީރާއި ޝާހިދު ބައްދަލުކުރައްވައިފި
Raajje

ހަންގޭރީގެ ޚާރިޖީ ވަޒީރާއި ޝާހިދު ބައްދަލުކުރައްވައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، އިއްޔެ ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓްގައި އެ ގައުމުގެ ޚާރިޖީ ވަޒީރު ޕީޓަރ ސިހާޓޯއާ ބައްދަލުކުރައްވައިފިއެވެ. ހަންގޭރީ ފޮރިން މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި، ސުލްހައަށް ދުނިޔެ ބޭނުންވެފައިވާ މިންވަރާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، ދޭދޭ ގައުމުތަކުގެ މެދުގައި މަޝްވަރާތައް ކުރުމުގައި އދގެ މެދުވެރި...

ޙަރަމްފުޅުގެ ހުކުރު ޚުޠުބާއިން: ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި އޭގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ މުހިންމުކަން!
Column

ޙަރަމްފުޅުގެ ހުކުރު ޚުޠުބާއިން: ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި އޭގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ މުހިންމުކަން!

މައްކާގެ މަސްޖިދުލް ޙަރާމުގައި،ޝައިޚް ޑރ. ޔާސިރު ބިން ރާޝިދު އައްދައުސަރީ ދެއްވި ހުކުރު ޚުޠުބާގައި، އަލިއަޅުވާލައްވާފައިވަނީ، މިއަދުގެ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި އޭގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ މުހިންމުކަމާމެދު އެވެ. ތަރައްޤީއަކީ އަޅުގަނޑުމެންގެ އަގުތަކާއި އުޞޫލުތަކާ ފުށުއަރާ އެއްޗެއް ނޫންކަމަށްޓަކައި. އެއީ އެ އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ އެއްޗެއްކަމަށް ޝައިޚް ވިދާޅުވިއެވެ. މިއަދުގެ ދުނިޔެއަށް ބަލާއިރު، އާޓިފިޝަލް އިންޓެލިޖެންސް، ސްމާޓް ޑިވައިސްތައް، މުވާޞަލާތީ ވަސީލަތްތައް، އަދި ސޯޝަ...

އެމްޑީޕީގެ "ރަން ރީނދޫ" ދުވުން ފަށައިފި، ތުރާކުނުން އައްޑުއާ ހަމަައަށް ދަންމަރު ގެންދާނެ!
Raajje

އެމްޑީޕީގެ "ރަން ރީނދޫ" ދުވުން ފަށައިފި، ތުރާކުނުން އައްޑުއާ ހަމަައަށް ދަންމަރު ގެންދާނެ!

އިދިކޮޅު އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން “ރަން ރީނދޫ” ގެ ނަމުގައި ހާއްސަ ދުވުމެއް މިއަދު ހަވީރު ހުޅުމާލޭގައި ބާއްވައިފިއެވެ. މި ދުވުމަކީ އެ ޕާޓީގެ ދަންމަރެއް ހިފައިގެން ރާއްޖޭގެ ކޮންމެ ރަށެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުވުމެކެވެ. މިދަންމަރު، ހއ. ތުރާކުނުން ފެށިގެން އައްޑުއަތޮޅާ ހަމައަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ހުޅުމާލެ ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގުގެ އެއް ލޭނުގައި ކުރިއަށްގެންދިޔަ މި ދުވުމުގައި 300 އެއްހާ މީހުން ބައިވެރިވިއެވެ. ފަންސަވީހަކަށް މިނެޓަށް […]

ދެވަނަ ކުއާޓަރުގައި އެމްޓީސީސީ 490 މިލިޔަން ރުފިޔާގެ އާމްދަނީއެއް
Business

ދެވަނަ ކުއާޓަރުގައި އެމްޓީސީސީ 490 މިލިޔަން ރުފިޔާގެ އާމްދަނީއެއް

މި އަހަރުގެ ދެވަނަ ކުއާޓަރުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް 490.3 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ. މިއީ މިދިޔަ ކުއާޓަރާ އަޅާބަލާއިރު 17.7 އިންސައްތައިގެ ކުރިއެރުމެކެވެ. އެމްޓީސީސީން އިއްޔެ އާންމުކުރި މާލީ ހިސާބުތަކުން ދައްކާގޮތުން، ދެވަނަ ކުއާޓަރުގައި ކުންފުންޏަށް ޖުމްލަ ފައިދާގެ ގޮތުގައި 72.7 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. އަދި ކުންފުނި ހިންގައިގެން 49.7 މިލިޔަން ރުފިޔާގެ ފައިދާއެއް ވަ...