އެމެރިކާގެ އަލަސްކާއަށް 7.8 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

7.8 މެގްނިޓިއުޑުގެ މި ބިންހެލުން އައިސްފައިވަނީ މިއަދު 11.12 ގައެވެ. ބިންހެލުން އައިސްފައިވަނީ ބިމުން ގެ 10 ކިލޯ މީޓަރ އަޑިއަށެވެ.

Ad
rt

މި ބިންހެލުމާގުޅިގެން އަލަސްކާއަށް ސުނާމީގެ އިންޒާރު ވަނީ ބަޔެއް ސަރަހައްދުތަކަށް ކުރިން ނެރެފައިވީނަމަވެސް މިހާރުވަނީ މި އިންޒާރު ކެންސަލްކޮށްފައެވެ. މިބިންހެލުމުގެ އަސަރު ހަވާއީ، ވޮޝިންޓަން ކެލިފޯނިޔާފަދަ ސިޓީތަކަށް ކޮށްފައެއް ނުވެއެވެ.

މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުރާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ހަމަކުރެއެވެ.

1964 ވަނަ އަހަރު އަލަސްކާއަށްވަނީ 9.2 ގެ ބާރު މިނުގައި ބިނެހެލުމެއް އައިސްފައެވެ. މިބިންހެލުމާއި ގުޅިގެން އެރި ސުނާމީގެ ސަބަބުން 131 މީހަކު މަރުވެ ގިނަ ގެއްލުންތަކެއް ވަނީ ކުރިމަތިވެފައެވެ. މިއީ ނޯޓު އެމެރިކާއަށް އައިސްފައިވާ އެންމެ ބާރުގަދަ ބިންހެލުން ކަމުގައިވަނީ ރިކޯޑްކުރެވިފައެވެ.