އެއްވެސް ދީނީ އިލްމުވެރިއަކަށް، ޑޮކްޓަރަކަށް އަދި އެއްވެސް ހިދުމަތްތެރިއަކަށް ގަނާ ކުރާކަށް ނޭދެން: ރާޢީ

RAAEE MP

އެއްވެސް ދީނީ އިލްމުވެރިއަކަށް ވެސް އަދި އެއްވެސް ޑޮކްޓަރަކަށް ވެސް އަދި އެއްވެސް ޚިދުމަތްތެރިއަކަށް ވެސް ސޯޝަލްމީޑިއާގަވެސް ގަނާ ކުރަން ނޭދޭކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރާއީ ވިދާޅުވީ، މިފަދަކަންކަން މީސްމީޑިޔާގައި ހިނގަމުންދާނަމަ މިކަންކަން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭކަމަށެވެ.

މީގެ ދުވަސްކޮޅެއްކުރިން ހޯމް މިނިސްޓާ އިމްރާން އާއި ގުޅޭ އޯޑިއޯއެއް އާންމުވިކަމަށާއި މިނިސްޓަރ އާލާސްކަން ފުޅާ އުޅުއްވާ ކަމަށް ދެކެވޭ ވާހަކަތަކަށް އަލި އަޅުވާލަމުން ރާއީ ބުނެފައިވަނީ މިނިސްޓަރަކަށް މިފަދަ ތުޙުމަތެއް ކުރެވޭކަމަށްވާނަމަ ކަންބޮޑުވަނީ ހޯމް މިނިސްޓާ ޝޭހް އިމްރާން ނިސްބަތްވާ ޕާޓީން ވެސް މިކަންތައްތައް ރައްޔިތުންނަށް ސާފުކޮށް ނުދޭތީ ކަމަށެވެ.

ރާއީ ވިދާޅުވީ ހޯމް މިނިސްޓަރަކީ ފުލުހުންގެ މުއައްސަސާއާއި ހަވާލުވެ ހުންނަ ބޭފުޅަކަށް ވާއިރު، އެ ބޭފުޅާއާއި މެދު ޝައްކު އުފެދޭ ކަންތައްތަކެއް ހިނގާނަމަ އެކަން ސަރުކާރުގެ ފަރާތުން ނުވަތަ، ކޯލިޝަނުގެ ފަރާތުން ނުވަތަ ކެބިނެޓުގެ ފަރާތުން ނަމަވެސް ސާފުކޮށްދޭން ޖެހޭކަމަށެވެ.

"ބަލިވެ އުޅޭނަމަ ފަރުވާ ލިބެން ޖެހޭނެ،އަޅުގަނޑު ނޭދެން ސޯޝަލް މީޑިއާގަ އެ ބޭފުޅާއަށް ގަނާކުރާކަށް. ހުދު އެ ބޭފުޅާ ވެސް ސްޓޭޓްމަންޓު ދީ ސާފުކޮށްދޭންޖެހޭ މީ ކިހިނެއްވާ ކަންތައްތަކެއް ކަން. އަޅުގަނޑު ގަބޫލުކުރާގޮތުގައި މީހާ ހަމައަށް ހުރެގެން. ވާނުވާ ރަނގަޅަށް ކިޔާދީގެން ރައްޔިތުންނަށް ސާފުވާނެ އެ ބޭފުޅާއާމެދު ކުރެވިގެން މިއުޅެނީ ކޮންކަހަލަ ތުހުމަތެއްކަން،"

ރާއީ ވިދާޅުވިއެވެ.

ރާއީގެ ވާހަކަތަކާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ވަޒީރުން ޖަވާބުދާރީ ކުރުމަށް ސުވާލުކުރުމުގެ ފުުރުސަތު މެމްބަރުންނަށް އޮންނަކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *