•  
  •  
  •  
  •  
  •  
  •  
  •  

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މައުސޫމްއާ ގުޅޭގޮތުން އެ ކޮމިޝަނުން ތަހުގީގު ކުރަމުންދިޔަ މައްސަލަތަކުގެ ތެރެއިން، ހދ.ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޟިއްޔާއެއް ނިންމުމުގައި މައުސޫމް ރިޝްވަތު ނަގާފައިވާ ކަމާއި، ރިޝްވަތުގެ އެހެން މުއާމަލާތްތައް ވެސް ކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ވެސް އެބަޔާނުގައި ބުނެފައިވަނީ އިސްމެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް ފަނޑިޔާރުކަމުގެ މަސްޢޫލިއްޔަތު އަދާކުރުމުގައި ރިޝްވަތުގެ އެހެން މުޢާމަލާތްތައްވެސް ކޮށްފައިވާކަން ސާބިތުވާކަމަށާއި، އަދި އިސްމެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމަށް މުސާރަ އާއި ޢިނާޔަތުގެ ގޮތުގައި ލިބޭ ފައިސާގެ އިތުރަށް، އިސްމެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމްގެ ބޭންކް އެކައުންޓަށް ވަދެފައިވާ ގިނަ ޢަދަދެއްގެ ފައިސާއަކީ ނާޖާއިޒް ގޮތުގައި ނުވަތަ ނަހަމަ ގޮތުގައި ހޯދާފައިވާ ފައިސާކަން ސާބިތުވާކަމަށެވެ.

ވަޒީފާގެ މާހައުލާ އެކަށީގެން ނުވާ ގޮތަށް ޢަމަލުކޮށް އެކަށީގެން ނުވާ ބަހުރުވައިން މުވައްޒަފަކާމެދު އިސްމެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް ހިތާފައިވާކަމާއި، އަދި އިސްމެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމްގެ ފަރާތުން އެ މުވައްޒަފަށް ކުރިމަތިވި ބައެއް ކަންކަމަކީ ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވިގެންވާ ޢަމަލުތަކެއްކަން ތަޙްޤީޤަށް ސާބިތުވޭ

ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެބަޔާނުގައި ބުނެފައިވަނީ އިސްމެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމުގެ އެ ޢަމަލުތަކަކީ ޤާނޫނު ނަންބަރު 17/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާއި، 6 ވަނަ ނަންބަރާއި، 5 ވަނަ ނަންބަރާއި 14 ވަނަ ނަންބަރާއި، އަދި މި ޤާނޫނުގެ 7 ވަނަ މާއްދާއާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 4.6 އާއި، 4.7 އާއި 1.2 އާއި، 2.2 އާއި، 3.1 އަދި 3.2 ވަނަ ނަންބަރާ ކަނޑައެޅިގެން ޚިލާފަށް ކޮށްފައިވާ ޢަމަލުތަކެއްކަމަށް ވާތީ، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 32-1 (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން، އިސްމެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް، އިއްޔެ އެ ކޮމިޝަންގެ މި އަހަރުގެ 51 ވަނަ ބައްދަލުވުމުގައި ވަނީ ނިންމަވާފަ ކަމަށެވެ.

މުހައްމަދު މައުސޫމް މަޤާމުން ސަސްޕެންޑުކޮށްފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުއެވެ. މައުސޫމާ ގުޅޭގޮތުން އެ ކޮމިޝަނުން މައްސަލަ ބަލަން ފަށާފައިވަނީ އޭނާ ފާޅުގައި ރިޝްވަތު ނަގާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދިޔަ ޕޯސްޓްތަކާ ގުޅޭ މައްސަލައަކާއި ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ އިތުރުން އެހެނިހެން މައްސަލަތަކެއް ކަމަށް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން އަންނަނީ ގިނަ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަމުންނެވެ. އެފަދަ ބައެއް މައްސަލަތަކުގައި ބައެއް ފަނޑިޔާރުން ސަސްޕެންޑުކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން ބައެއް ފަނޑިޔާރުން ވަނީ މަގާމުން ވެސް ވަކިކޮށްފައެވެ.

1 ޚިޔާލު

  1. މައުސޫމު އަކީ އެންމެފުރަތަމަ ދުވަހުން ފެށިގެން ވެސް ރިސާލަތުގެ ގޮތުގައި ފައިސާ ބަހަމުންދާ ގާޒީއެކެވެ
    ނޮޅިވަރަމް ސިއްހީމަރުކަޒުގެ މުއައްޒަފަކު ފައިސާއަށް ހިޔާނާތް ތެރިވި މައްސަލައެއް ގައިވެސް އެމުއައްޒަފުގެ އަތުން ބައިލައްކަ ރުފިޔާ ހޯދުމަށް އިސްވެ ގާޒީ ހުށައެޅި ކަމާއި ކުޑަވަމުން ގޮސް ވިހިހާސް ދީފިނަމަވެސް ޖަލުހުކުމުން ސަލާމަތް ކޮއްދޭނަމޭ ބުނެ ރިސްވަތު ހުށައެޅި އެވެ.
    ނަމަވެސް މުއައްޒަފު އިހުތިޔާރު ކުރީ ހުކުންތަންފީޒު ކުރުމުގެ ރިވެތި މަގެވެ.
    މީނޮޅިވަރަމު ރައްޔިތުން ދަންނަ ބޮޑު ސިއްރެކެވެ. ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

Your email address will not be published.

More in ކުޑަ