ބަންދުގައި ހުރި އީރާންގެ ރައްޔިތަކު ނިޔާވެއްޖެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ހާމަކޮށްފިއެވެ.

އެމްސީއެސްއިން ބުނެފައިވަނީ މިމީހާއަކީ އައިޖީއެމް ހޮސްޕިޓަލުން ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ ބަންދުމީހެއް ކަމަށެވެ.

Ad
rt

އީރާންގެ ރައްޔިތެއްކަމަށްވާ ރަހުމަތުﷲ (49 އަހަރު) ނިޔާވެފައިވަނީ މިރޭ 11:49 ގައިކަމަށާއި މީނާއަކީ ދިގު މުއްދަތަކަށް ކެންސަރަށް ފަރުވާ ހޯދަމުން އައި މީހެއްކަމަށް އެފަރާތުން ހާމަކުރެއެވެ.

ރަހުމަތުﷲ ނިޔާވުމާ ގުޅިގެން، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް އަންގާފައިވާނެކަމަށް އެމްސީއެސްއިން ބުނެފައިވެއެވެ.

މީނާ އަކީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައިވާ މީހެކެވެ.

މިއަހަރުގެ މެއިމަހުގެ13 ވަނަ ދުވަހު ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ 92 އަހަރުގެ ދިވެއްސަކުވެސް ވަނީ ނިޔާވެފައެވެ.